ޚަބަރު

ޓޮޓެންހަމްއިން މާޓިނޭޒްއަށް ބޮޑު ހުށައެޅުމެއް


ޓޮޓެންހަމް ހޮޓްސްޕާސްއިން އިންޓަ މިލާންގެ ފޯވާޑް ލަޓާރޯ މާޓީނޭޒްއަށް ބޮޑު ހުށައެޅުމަށް ހުށައަޅަން ތައްޔާރުވެއްޖެއެވެ.

މިޑީޔާ ރިޕޯޓްތައް ބުނާ ގޮތުން އިންޓަރ މިލާންގެ ފޯވާޑް ލަޓާރޯ މާޓީނޭޒްއަށް ޓޮޓެންހަމްއިން 83 މިލިއަން ޑޮލަރުގެ ހުށައެޅުމެއް، ހުށަހަޅަން ތައްޔާރުވާކަމަށް ވަނީ ބައެއް މީޑިޔާ ތަކުން ރިޕޯޓްކޮށްފައެވެ. އަދި މިހާރު މާޓީނޭޒްއާއި ވާހަކަދެއްކުމަށްފަހު އެއްބަސްވުމަކަށްވެސް އާދެވިފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކޯވިޑް-19ގެ ޕެންޑެމިކްއާއި ގުޅިގެން ވަރަށް ގިނަ ކުލަބްތަކަށް ވަނީ މާލީ ގޮތުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ބައެއް ކުލަބްތަކަށްވަނީ މާލީގޮތުންވެސް ވަރަށް ބޮޑު ގެއްލުމެއްވެފައެވެ. އެގޮތުން އިންޓަރ މިލާންއަށް ވަނީ މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމެއްވެފައެވެ. އެޓީމްއިން ވަނީ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ރޮމެލޫ ލުކާކޫ ޗެލްސީއަށް ވިއްކާލަންވެސް އެއްބަސްވެފައެވެ. އަދި އެޓީމްއިން ވަނީ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ 80 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށްވެސް ވިއްކާލާފައެވެ.

މާޓީނޭޒް އިންޓަރ މިލާންއަށް ބަދަލުވީ 2018 ވަނަ އަހަރު 27 މިލިއަން ޑޮލަރަށެވެ. އޭނާވަނީ 100 މެޗުން 37 ގޯލް ޖަހާދީފައެވެ. މާޓީނޭޒްގެ މޮޅު ކުޅުން މިދިޔަ ސީޒަންގައި ފެނިގެންދިޔައިރު، އޭނާގެ ހިއްސާއާއެކު މިދިޔަ ސީޒަންގައި އިންޓަރ މިލާންއިން ވަނީ އިޓަލީގެ ޗެންޕިއަންކަން ހޯދާފައެވެ. އަދި ނިމިގެންދިޔަ ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާއިން ޗެންޕިއަންކަން ހޯދިއިރު، އެޓީމްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.