ޚަބަރު

އޮލިމްޕިކްސް ހޮކީން ނެދަލެންޑްސްއިން 4ވަނަ ފަހަރަށް ރަން މެޑަލް ހޯދައިިފި


އޮލިމްޕިކްސްގެ ހޮކީ އިވެންޓުން ނެދަލެންޑްސްގެ އަންހެން ޓީމް ހަތަރުވަނަ ފަހަރަށް ރަން މެޑަލް ހޯދައިފިއެވެ.

ޖަޕާންގެ ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކްސްއިން ނެދަލެންޑްސްގެ އަންހެން ހޮކީ ޓީމް ރަން މެޑަލް ހޯދީ ފައިނަލްގައި އާޖެންޓީނާއާއި ވާދަކުރި މެޗު ތިނެއް އެކަކުން ކާމިޔާބުކޮށްގެންނެވެ.

މިއީ ނެދަލެންޑްސްއިން އޮލިމްޕިކްސްގެ ހޮކީ އިވެންޓުން ރަން މެޑަލް ހޯދި ހަތަރުވަނަ ފަހަރެވެ. އެޓީމުންވަނީ މީގެ ކުރިން 1984، 2008 އަދި 2012ގެ ލަންޑަން އޮލިމްޕިކްސްއިންވެސް ރަން މެޑަލް ހޯދާފައެވެ. ނެދަލެންޑްސްއިންވަނީ އެންމެ ފަހުން އޮތް ހަތަރު އޮލިމްޕިކްސްގެ ފައިނަލްގައި ވާދަކޮށްފައެވެ.

އަންހެން ހޮކީ އިވެންޓުގެ ތިންވަނަ ހޯދައި ލޯ މެޑަލް ހާސިލްކުރީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުންވަނީ ތިންވަނަ ހޮވި މެޗުގައި 4-3ކުން އިންޑިޔާ ބަލިކޮށްފައެވެ.