ޚަބަރު

އެންމެ މޮޅު އެއް ސައިކަލް ދުއްވުންތެރިޔާ ރޮސީ ރިޓަޔަރކުރަން ނިންމައިފި


ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ސައިކަލް ދުއްވުންތެރިޔާ އިޓަލީގެ ވެލެންޓީނޯ ރޮސީ ރިޓަޔަރކުރަން ނިންމައިފިއެވެ.

އިޓަލީގެ ވެލެންޓީނޯ ރޮސީ ރިޓަޔަރކުރަން ނިންމާފައިވަނީ މި އަހަރުގެ މޮޓޯ ޖީޕީ ސީޒަނަށް ފަހުއެވެ. ވެލެންޓީނޯ ރޮސީއަކީ ސައިކަލް ދުއްވުމުގައި ވަރަށް ފާހަގަކޮށްލެވޭ އަދި ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައިވާ މީހެކެވެ.

ވެލެންޓީނޯ ރޮސީ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ދުނިޔޭގެ ޗެމްޕިއަންކަން 9 ފަހަރު ހޯދާފައިވެއެވެ. އަދި ރޮސީވަނީ ސައިކަލް ދުއްވުމުގައި ގިނަ ރެކޯޑްތަކެއްވެސް ހަދާފައެވެ. މީގެ ތެރެއިން މިހާތަނަށް އެއްވެސް ސައިކަލް ދުއްވުން ތެރިއަކަށް މުގުރާލެވިފައިނުވާ ރެކޯޑަކީ 125 ސީސީ އާއި 250 ސީސީ އާއި 500 ސީސީގެ ޗެމްޕިއަންޝިޕްގެ އިތުރުން މޮޓޯޖީޕީގެ ޗެމްޕިއަންކަން ހޯދި ހަމައެކަނި މީހާގެ ޝަރަފެވެ.

ކޯވިޑް-19 އާއި ގުޅިގެން ގިނަ ރޭސްތަކެއް ނުބޭއްވި މިއަހަރާއި މިދިޔަ އަހަރު ކުރިއަށް ދިޔައިރު، އެންމެ ފަހުން ރޮސީ ދުނިޔޭގެ ޗެންޕިއަންކަން ހޯދާފައިވަނީ 2019ވަނަ އަހަރުއެވެ.