ޚަބަރު

ކޮންކާކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އެމެރިކާއިން ހޯދައިފި


ކޮންކާކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އެމެރިކާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން އެމެރިކާއިން ހޯދާފައިވަނީ ފައިނަލްގައި މެކްސިކޯ އާއި ބައްދަލުކުރި މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުމުގެ ސަބަބުން އިތުރު ވަގުތު ކުޅެ އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މެކްސިކޯ އިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި މެކްސިކޯއިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި އެމެރިކާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގެ 118 ވަނަ މިނެޓްގައި ޖަހާދިނީ މައިލްސް ރޮބިންސަންއެވެ.

މިއީ 2017 ވަނަ އަހަރަށްފަހު މިމުބާރާތުގެ ޗެމްޕިއަންކަން އެމެރިކާއަށް ހޯދުނު ފުރަތަމަ ފަހަރެވެ. އުތުރާއި މެދުތެރޭ އެމެރިކާ އާއި ކެރީބިއަން ޤައުމުތަކުގެ މެދުގައި ކުޅޭ މިމުބާރާތުގެ ޗެމްޕިއަންކަން މީގެކުރިން އެމެރިކާއިންވަނީ 6 ފަހަރު ހޯދާފައެވެ.

ކޮންކާކަފް ސަރަހައްދުގައި އެންމެ ވާދަވެރި ދެޓީމްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އެމެރިކާ އާއި މެކްސިކޯއަށް ބަލާއިރު ގޯލްޑް ކަޕްގައި އެމެރިކާއަށް ވުރެ މެކްސިކޯ މާކާމިޔާބެވެ.