ވިޔަފާރި

ކައްޓި ހިތްވަރު ފެސްޓިވަލުގެ ޓެލެކޮމް ޕާޓްނާއަކަށް އުރީދޫ


ކައްޓި ހިތްވަރު ފެސްޓިވަލްގެ ޓެލެކޮމް ޕާޓްނާއަކަށް އުރީދޫ ހަމަޖައްސައިފިއެވެ.ކައްޓި ހިތްވަރު ފެސްޓިވަލަކީ 2012 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ އެކި ހުނަރު ދައްކާލުމުގެ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ ފެސްޓިވަލެކެވެ.މިފެސްޓިވަލް އިންތިޒާމް ކުރާ "ދި ޔޫތް މޫވްމެންޓް"ގެ ރައީސް ފާތިމަތު އިޝާ އަފީފު ވިދާޅުވީ މާދަމަ އިން ފެށިގެން މި މަހު ފަސް ވަނަ ދުވަހުގެ ނިޔަލަށް ސަލްޓަން ޕާކާއި ނެޝަނަލް އާޓް ގެލަރީގައި ކުރިއަށްގެންދާ މިފެސްޓިވަލުގައި މިއުޒިކާއި އަތްތެރި މަސައްކަތްތެރިންނާއި ފޮޓޯ ނަގާ ފަރާތްތަކުގެ އިތުރުން ލިޔުންތެރިން ހިމެނޭގޮތަށް 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާ ކަމަށެވެ.