ޚަބަރު

މުންދުގެ މައްޗަށް ކުރަނީ މަޤާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ދަޢުވާ


މިނިވަން ފަންސާހުގެ ރަސްމީ ޖާފަތް ނިއުޕޯޓާއި ހަވާލްކުރުމުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް މަގާމްގެ ބޭނުންކޮށްގެން ވަކިބަޔަކަށް ނާޖައިޒް މަންފާއެއް ހޯދާއިދޭން މަސައްކަތްކޮށްފައިވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.މިނިވަން ރަންޔޫބީލްއާއި ގުޅިގެން ބޭއްވި ރަސްމީ ޖާފަތް ކަމުނުގޮސްގެން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.ރަސްމީ ޖާފަތާއި ގުޅިގެން އޭސީސީން ބަލަމުން ދިޔަ މައްސަލަ ތަހްގީގްކޮށް ނިންމާ މިއަދު އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ ރަސްމީ ޖާފަތް ނިއުޕޯޓާއި ޙަވާލްކުރުމަށް ރައީސުލްޖުމްހުރިއްޔާ ނިންމަވާފައިވާކަމަށް ބުނެ އޭރުގެ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް ބޮޑެތި އޮލުވާލުންތަކެއް އޮޅުވާލާފައިކަމަށެވެ.އެގޮތުން މިނިވަން ފަންސާހުގެ ޚާއްސަ ދަރުބާރާގުޅޭ ކަންކަންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެހެން ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގައި  ޖުމްލަ އަގުގެ ފަންސާސް އިންސައްތައާ ހަމައަށް އެޑްވާންސް ފައިސާ ދެވޭނެ ހުއްދައެއް ހަމަޖައްސަވައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ބުނެ މުހައްމަދު ހުސެއިން ޝަރީފް ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާކަމަށް ބުނެފައިވެއެވެ. އެހެންމަވެސް އެފަދަ ހުއްދައެއް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ހޯއްދަވާފައިނުވާކަން ތަޙްޤީޤަށް ހާމަވެފައިވާ ކަމަށާއި އެކަމަށް ތަހްގީގްގައި މުހައްމަދު ހުސެއިން ޝަރީފް އެއްބަސްވެފައިވާކަމަށްވެސް އޭސީސީން މިއަދު ނެރުނު  ރިޕޯޓްގައި ބުނެފައިވެއެވެ.ރަސްމީ ޖާފަތް  ނިއުޕޯޓާއި ހަވާލްކުރިއިރު އެ މަސައްކަތް ކުރުމަށް އެހެން ދެ ފަރާތަކުން ކޯޓޭޝަން ހުށައަޅާފައިވާކަމަށާއި އެތަނުން އެއް ފަރާތުގެ އަގުތައް ނިއުޕޯޓަށްވުރެ ކުޑަކަންކަންވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ.އާއްމުގޮތެއްގައި ކޭޓަރިންގެ އަގުތަކުގެ ތޭރޭގައި ނުހިމެނޭ ބައެއް ކަންތައްތައް މަސައްކަތް ހަވާލުކުރި ނިއުޕޯޓާއި ރައީސް އޮފީހާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ހިމަނާފައިވާއިރު ނިއުޕޯޓްގެ ބޭނުމަށް ވެއިޓަރުން ހޯދުމުގެ މަސައްކަތް ފަދަ ބައެއްކަންކަން ރައީސް އޮފީހުން ކޮށްދީފައިވާކަމަށް އޭސީސީގެ ރިޕޯޓްގައިވެއެވެ.ރަސްމީ ޖާފަތުގެ ކޭޓަރިންއާއި ގުޅުންހުރި އެކި ކަންކަމަށް އެކި ފަރާތްތަކާއި ހަވާލްކޮށްގެން ހަތެއް ޕޮއިންޓް އަށެއް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ބެލެވޭއިރު މީގެތެރެއިން ތިނެއް ޕޮއިންޓް އަށެއް މިލިއަން ރުފިޔާ މިހާތަނަށް ދީފައިވާކަމަށް  އޭސީސީން ބުނެފައިވެއެވެ.ރަސްމީ ޖާފަތް ނިއުޕޯޓާއި ހަވާލްކޮށްފައިވަނީ މުހައްމަދު ހުސެއިން ޝަރީފް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިބަޔަކަށް ނާޖާއިޒް ފާއިދާ ހޯދައިދިނުމަށްކަމަށްވެސް އޭސީސީން ބުނެއެވެ. އެހެންނަމަވެސް  ރަސްމީ ޖާފަތް ނިއުޕޯޓާއި ހަވާލުކުރުމުގައި ރިޝްވަތުގެ މުޢާމަލާތު ހިންގާފައިވާކަމަށް ސާބިތުކުރެވޭވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.ރަސްމީ ޖާފަތުގެ މައްސަލައިގައި ކޮރަޕްޝަންގެ ދައުވާ  މުހައްމަދު ހުސެއިން ޝަރީފްގެ މައްޗަށް ކޮށްދިނުމަށް އެދި އޭސީސީން އިއްޔެ  ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވާފައެވެ.