ޚަބަރު

ޤައުމީ ސަލާމަތާބެހޭ ކޮމިޓީން ރައީސަށް ލަފާ އަރުވައިފި


ޓެރަރިޒަމް މަނާކުރުމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ ހ. އިސްލާހު ކުރުމަށް ޤައުމީ ސަލާމަތާއިބެހޭ މަޖިލީހުން ރައީސަށް ލަފާ އަރުވައިފިއެވެ.މި މާއްދާގައިވާގޮތުން، އެ ޤާނޫނު ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި، ދިވެހި ރާއްޖެއިން، ޤަބޫލުކުރާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި ގެޒެޓް ކުރައްވަން ޖެހެއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި މާއްދާ މިހާރު އޮތްގޮތުން ކަންބޮޑުވުންތަކެއް ހުރުމާއިއެކު، މި މާއްދާ އިސްލާހު ކުރުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ރައީސަށް ލަފާ އަރުވާފައިވާކަމަށެވެ.