ޚަބަރު

އެމުއޯސީގެ ބައި އިލެކްޝަނުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި


އޮލިންޕިކްސް ކުޅިވަރުތަކުގެ ތެރެއިން އަންހެން ސުލޮޓުގެ ބައި އިލެންޝަންގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް އޮލިންޕިކްސް ކޮމިޓީ، އެމުއޯސީން ހުޅުވާލައިފިއެވެ.

އޮލިންޕިކްސް ކުޅިވަރުތަކުގެ ތެރެއިން އެމުއޯސީގެ އެކްސްކޯއަށް މެންބަރުން އިންތިޚާބުކޮށްފައިވަނީ 6 ކުޅިވަރަކުންނެވެ. އެއީ ބެޑުމިންޓަން އެސޯސިޔޭޝަނާއި ބާސްކެޓު އެސޯސިޔޭޝަނާއި ސަރފިން އެސޯސިޔޭޝަނާއި ޓޭބަލް ޓެނިސް އެސޯސިޔޭޝަނާއި ޓެނިސް އެސޯސިޔޭޝަނާއި ވޮލީބޯޅަ އެސޯސިޔޭޝަނެވެ. އޭގެ އިތުރުން އޮލިންޕިކްސްގައި ނުހިމެނޭ ކުޅިވަރުތަކުން ބޮޑީބިލްޑިން އެސޯސިޔޭޝަނާއި ޗެސް އެސޯސިޔޭޝަނާއި ނެޓުބޯޅަ އެސޯސިޔޭޝަންވެސް އެމުއޯސީގައި ހިމެނެއެވެ.

އެމުއޯސީގެ އެކްސްކޯގައި މެންބަރެއް އިންތިޚާބުނުވެ އޮތީ އޮލިންޕިކްސް ކުޅިވަރުތަކުގެ ތެރެއިން އަންހެނުންގެ ޖާގައަށެވެ. އޮލިންޕިކްސް ކުޅިވަރުތަކުގެ ތެރެއިން ފުޓުބޯޅައާއި ޝޫޓިން ފިޔަވާ އެހެން ކުޅިވަރުތަކުން އެކްސްކޯގައި ހިމެނެއެވެ. އެހެންކަމުން އަންހެނުންގެ ޖާގައަށް ވާދަކުރާނެކަމަށް ބެލެވެނީ ފުޓްބޯޅަ ނޫނީ ޝޫޓިންނުންނެވެ.