ޚަބަރު

ރޭންކިންގ 9 ވަނަ ކުޅުންތެރިޔާގެ އަތުން ނަބާ ބަލިވެއްޖެ


ޖަޕާންގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ބެޑްމިންޓަންގެ އަންހެން ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

މިމެޗްގައި ނަބާ ވާދަކޮށްފައިވަނީ ދުނިޔޭގެ ރެންކިންގައި، 9 ވަނައަށް ރޭންކު ކުރެވިފައިވާ ޗައިނާގެ ހީ ބިންގްޖިއާއޯއެވެ. ނަބާ ރޭންކު ކުރެވިފައިވަނީ 252 ވަނާގައެވެ. މިމިމެޗްގެ ސެޓްތައް ޗައިނާގެ ހީ ގެންދިޔައީ 21-6 އަދި 21-3 އިންނެވެ. ބެޑްމިންޓަންގައި ނަބާ ލައްވާލާފައިވަނީވެސް ވަރުގަދަ ގުރޫޕްއެއްގައެވެ. މި ގުރޫޕްގައި ޗައިނާގެ އެހީގެ އިތުރުން ހިމެނެނީ ދުނިޔޭގެ ރޭންކިން 111 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއިއެވެ. ބެޑްމިންޓަން އަންހެން ސިންގަލްސްގެ ކޮންމެ ގްރޫޕަކުން އެއް ވަނަ އަނެއް ބުރަށް ހޮވޭނެއެވެ.

ނަބާއަކީ ރާއްޖޭގެ ތާރީހުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ. އީރާނުގެ ސޮރާޔާ އަކީ ބެޑްމިންޓަނުން އޮލިމްޕިކްސް އަށް ކޮލިފައިވި އީރާންގެ ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ. ނަބާ ވަނީ 2019 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި ސޮރާޔާއާ ވާދަކޮށްފައެވެ. އެ މެޗުން ސޮރާޔާ މޮޅުވީ 21-11، 21-11 އިންނެވެ.
ސްވިމިންގައި ރާއްޖޭގެ އައިޝަތު ސާޖިނާ ވާދަކުރާނީ ވާދަކުރުމަށް ހަމަޖެހިފައިވަނީ 100 މީޓަރު ބްރެސްޓް ސްޓްރޯކްގައެވެ. މި ރޭސް ފެށުމަށް ހަމަޖެހިފައިވަނީ މާލޭ ގަނޑިން މެންދުރު ފަހު 03:34ގައެވެ.