ސިޔާސީ

މަޖިލިސް ހާޒިރީ - ހުރިހާ ޖަލްސާތަކަށް ހާޒިރުވީ 14 މެމްބަރުން !!


އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދެދައުރުގެ ހުރިހާ ޖަލްސާތަކަށް ވަޑައިގަތީ އެންމެ ސާދަ މެމްބަރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ޙާޟިރީން ހާމަވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގައި 85 މެމްބަރުން ތިއްބަވައެވެ.ރައްޔިތުންގެ މަޖިލީހުން ޢާންމުކުރައްވާފައިވާ މެމްބަރުންގެ ޙާޟިރީން ދައްކާގޮތުގައި، ފާއިތުވި ދެ ދައުރުގެ އެންމެ މަދުން ޖަލްސާތަކަށް ވަޑައިގެންފައިވަނީ ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ.ދެވަނަ ދައުރުގައި އަށާވީސް ޖަލްސާއެއް ބާއްވާފައިވާއިރު، ސިޔާމް ވަޑައިގެންފައި ވަނީ 8 ޖަލްސާއަށެވެ. 20 ޖަލްސާއަށް އޭނާ ވަނީ ސަލާމް ވިދާޅުވެފައެވެ.ދެވަނަ ދައުރުގައި ދެވަނަ އަށް އެންމެ މަދުން މަޖިލީހަށް ވަޑައިގެންފައިވަނީ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްއެވެ. އޭނާ ވަޑައިގެންފައިވަނީ  10 ޖަލްސާއަށެވެ. އަދި 12 ޖަލްސާއަށް ސަލާމް ވިދާޅުވެފައިވާއިރު، 4 ދުވަހު ހުންނެވީ ޗުއްޓީގައެވެ.ދެން އެންމެ މަދުން މަޖިލީހަށް ވަޑައިގެންފައިވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުޙައްމަދު ދީދީއެވެ. އޭނާ ވަޑައިގެންފައިވަނީ 11 ޖަލްސާއަށެވެ. އަދި 10 ޖަލްސާއަށް ސަލާމް ވިދާޅުވެފައިވެއެވެ.ތިންވަނަ ދައުރުގެ ޙާޟިރީއަށް ބަލާއިރުވެސް އެންމެ މަދުން މަޖިލީހަށް ވަޑއިގެންފައިވަނީ ދ.މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ. އޭނާ ވަޑައިގެންފައި ވަނީ 22 ޖަލްސާގެ ތެރެއިން 10 ޖަލްސާއަށެވެ. އަދި 12 ޖަލްސާއަށް ވަޑައިގެންފައި ނުވާއިރު 1 ދުވަހު ހުންނެވީ ސަލާމުގައެވެ.މިދައުރުގައި ދެވަނައަށް އެންމެ މަދުން މަޖިލީހަށް ވަޑައިގެންފައިވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުޙައްމަދު ދީދީއެވެ. އޭނާ ވަޑައިގެންފައިވަނީ 12 ޖަލްސާއަށެވެ. އަދި 10 ޖަލްސާއަށް ވަޑައިނުގަންނަވައެވެ.ތިންވަނައަށް އެންމެ މަދުން މަޖިލީހަށް ވަޑައިގެންފައިވަނީ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުއެވެ. އޭނާ 13 ޖަލްސާއަށް ވަޑައިގެންނެވިއިރު 9 ޖަލްސާއަކަށް ވަޑައިގެންފައެއް ނުވެއެވެ.ދެ ދައުރުގެ ޙާޟިރީއަށް ބަލާއިރު، ދެ ދައުރުގެ ވެސް ހުރިހާ ޖަލްސާއަކަށް ހަމައަށް ވަޑައިގަތީ 14 މެމްބަރުންނެވެ. އެއީ:- 1.ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުލްކަރީމް2 ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިހާން ޙުސައިން މަނިކު3 ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢު4 ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުލްލަޠީފް މުޙައްމަދު5 ވައިކަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް6 ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު އިބްރާހީމް7  ކެޔޮދޫ ދާއިރާގެ މެމްބަރު ނިޒާރު އިބްރާހީމް8  ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް9 ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢާމިރު10  ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު11  ދާންދޫ ދާއިރާގެ މެމްބަރު އަޙުމަދު އައްސަދު12 ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް ޢުޘްމާނު13  ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީ14  ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތް ނިންމަވައި، މިހާރު ވަނީ ދެމަސް ދުވަހުގެ ޗުއްޓީއެއް ފެށިފައެވެ. ދެން މަޖިލީހުގެ މަސައްކަތް ފެށޭނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެތެރޭގައެވެ.