ޚަބަރު

ރިއާލުން އާލަބާއަށް ދިނީ ރާމޯސްގެ 4 ނަންބަރު ޖާޒީ


އޮސްޓްރިއާގެ ފުލްބެކް ޑޭވިޑް އަލަބާ ސްޕެއިނުގެ ރިއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފިއެވެ. ރިއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި އަލަބާ ދައްކަލާފައިވާއިރު، ރިއާލްގައި އޭނާ ބޭނުން ކުރާނީ 4 ނަންބަރު ޖަރޒީއެވެ.

13 އަހަރު ފަހުން އަލަބާ ބަޔާން މިއުނިކް ދޫކޮށްލާނެކަމަށް ބުނުމުން ޔޫރަޕްގެ ބޮޑެތި ކުލަބުތަކުންވަނީ އޭނާ ގެންދިޔުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. 28 އަހަރުގެ އަލަބާ ނިންމީ ރިއާލަށް ބަދަލުވުމަށެވެ. ހިލޭ ޓްރާންސްފާއެއްގައި ރިއާލްއަށް އަލަބާ ބަދަލުވެފައިވާއިރު، އޭނާ ހޯދުމަށް ލިވަޕޫލާއި ބާސެލޯނާ، މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، މެންޗެސްޓާ ސިޓީ އަދި ޔުވެންޓަސްއިން ޝައުގުވެރިކަން ފާޅުކުރިއެވެ.

5 އަހަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އާލަބާ ރިއާލްއަށް ބަދަލުވެފައިވަނީ 14 މިލިއަން ޑޮލަރަށެވެ. ޔޫރަޕްގެ ކުލަބުތަކުގެ ތެރެއިން އާލަބާއަށް އެންމެ ބޮޑު އަގެއް ހުށައެޅީ ލިވަޕޫލާއި ޗެލްސީންނެވެ. އާލަބާ ރިއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުން މަޑުޖައްސާލީ ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތާއި ގުޅިގެންނެވެ. އާލަބާގެ ކުރީގެ ކުލަބު ބަޔާން މިއުނިކުން އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ނަމަވެސް އާލަބާ ބޭނުންވީ އެހެން ޗެލެންޖެއް ނެގުމުގެ ގޮތުން ކުލަބު ބަދަލުކުރާށެވެ. އެކަން އާލަބާވަނީ މީީޑިއާގައިވެސް ހިއްސާކޮށްފައެވެ.

އާލަބާ ބުނީ ބަޔާން ދޫކޮށްލަނީ އެކުލަބާއެކު، ކުލަބެއްގެ ޙައިސިއްޔަތުން ހޯދަން ޖެހޭ ހުރިހާ ތަށްޓެއް ހޯދުމަށްފަހުގައިކަމަށާއި ކުލަބު ބަދަލު ކުރަން ބޭނުންވަނީ އެހެން ޗެލެންޖެއް ނެގުމުގެ ބޭނުމުގައިކަމަށެވެ. އާލަބާވަނީ ބަޔާން މިއުނިކުން އޭނާއަށް ކޮށްދިން ހުރިހާ މަސައްކަތްތައް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އޮސްޓްރިއާ ވިއެން އިން ކެރިއަރު ފަށާ، އަލަބާ ބަޔާނަށް ބަދަލުވީ 2008ވަނަ އަހަރު އެވެ. އެ ޓީމާއެކު އަލަބާ ވަނީ 10 ފަހަރު ޖަރުމަނު ލީގާއި ދެ ޗެމްޕިއަންސް ލީގާއި ސުޕަރ ކަޕް އަދި ކުލަބު ވަރލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި ޖަރުމަނުގެ ކަޕް މުބާރާތްތައް ހިމެނޭ ގޮތަށް އާލަބާ ބަޔާނާއެކު ކާމިޔާބުކުރި މުބާރާތްތަކުގެ އަދަދު 27އަށް އަރައެވެ.