އަންނަ ބޮޑު ޢީދުދުވަހާ ގުޅިގެން ހުޅުމާލެ ނުހިމެނޭހެން މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައެޅުމަށް މާލޭ ސިޓީ ކައުންސިލުން ޓްވިޓާގައި ޕޯލެއް ހުޅުވާލައިފިއެވެ.
މިއަދު މާލޭ ސިޓީ ކައުންސިލުން ކުރެއްވި ޓްވީޓެއްގައި ވަނީ ބޮޑު ޢީދު ދުވަހު މާލޭގައި ހުޅުމާލެ ނުހިމެނޭގޮތައް ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅުމާމެދު ރައްޔިތުންނަށް ފެނިިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ބެލުމަށް ޕޯލެއް ހުޅުވާލާފައެވެ.
ބޮޑު ޢީދު ދުވަހު މާލޭގައި [ހުޅުމާލެ ނުހިމެނޭ ގޮތައް] ހިގާފައި އުޅޭ ވަގުތެއް ކަނޑަ އެޅުމާއި މެދު ފެނިވަޑައިގަންނަ ގޮތަކީ ކޮބައިތޯ؟
— Male' City Council (@MaleCitymv) July 8, 2021
އަދި މީގެ އިތުރުން ބޮޑުޢީދު ދުވަހާ ގުޅިގެން ހުޅުމާލެ ނުހިމެނޭހެން މާލޭގައި ހިނގާފައިއުޅޭ ވަގުތެއް ކަނޑައެޅުމަށް އެއްވެސް ގޮތަކަށް ދެކެވަޑައިނުގަންނަވާ ބޭފުޅުންނަށްވެސް އެ ޕޯލް އަށް ވޯޓް ލުމުގެ ފުރުސަތު އެބައޮތެވެ.