ޚަބަރު

މާދަމާއިން ފެށިގެން މޫސުން އަލިވާން ފަށާނެ


  • ކުރިއަށްއޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރާނެ

  • މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި އުޅޭނީ ގަޑިއަކު 10 މޭލާއި 20 މޭލުގައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާއިން ފެށިގެން އަލިވާން ފަށާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރާނެކަމަށެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މާބޮޑަށް ވިއްސާރަ ނުކުރާނެކަމަށާއި ކުޑަކޮށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި އުޅޭނީ ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައި އުޅޭނީ ގަޑިއަކު 8 މޭލާއި 15 މޭލާއި ދެމެދުގައިކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ކުރިއަށްއޮތް 3 ދުވަހަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރުމަކީ އެކަށީގެންވާކަމެއްކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރަށް ފެށުމަކީ މުހިންމު ކަމެކެވެ.