ޚަބަރު

އިންޑިއާގެ އަސްކަރީ މަނަވަރު "ޝަރްދާ" މިއަދު ރާއްޖެ އަތުވެއްޖެ


އިންޑިއާގެ އަސްކަރީ މަނަވަރު "ޝަރްދާ" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑްޑީއެފް) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ހެނދުނު އިންޑިއާގެ އަސްކަރީ މަނަވަރު "ޝަރްދާ" ރާއްޖެ އައީ އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް "އެކްސް އެކަތަ 4" ނިންމުމުގައި ބައިވެރިވުމަށްކަމަށެވެ.


އަދި މިއަދު ހެނދުނު ރާއްޖެ އައި އިންޑިއާގެ އަސްކަރީ މަނަވަރު "ޝަރްދާ" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށްވެސް އެމްއެންޑްޑީއެފް އިން ހާމަކުރެއެވެ.