ޚަބަރު

ސީޕީޕީސީސީގެ ވައިސް ޗެއަރމަން ރާއްޖެ ވަޑައިގެންފި


ޗައިނާގެ ޕީޕަލްސް
ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ރައްޔިތުންގެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބައްދަލުކުރައްވައިފިއެވެ.



މިއަދު ހެނދުނު
ރައްޔިތުންގެ މަޖިލީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ
އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވާ ރާއްޖެވަޑައިގެންނެވީތީ އެކަމަށް
ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒައްތެރިން
ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއިވެސް ކުރައްވާފައެވެ.



ޗައިނާގެ ޕީޕަލްސް
ޕޮލިޓިކަލް ކޮންސްލޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ޗެން ޖިއާއުގުއަންގ ގެ
މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައިސް އަބުދުﷲ މަސީހުގެ  ދައުވަތަކަށް 2 ދުވަހަށް ރާއްޖެ ކުރައްވާ
ދަތުރުފުޅެކެވެ.



މިއަދު ހެނދުނު
މަޖިލީހުގައި އޮތް މި ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން
ހުސެން މަނިކް އާއި ޕީ.ޕީ.އެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ވިލުފުށި ދާއިރާގެ
މެންބަރު ރިޔާޒް ރަޝީދާއި އެމް.ޑީ.އޭގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކެނދިކުޅުދޫ
ދާއިރާގެ މެންބަރު އަލީ މައުރޫފް، އަދި ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ކެޔޮދޫ
ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމްވެސް
ބައިވެރިވަޑައިގެންނެވި.

މީގެ އިތުރުން ރައްޔިތުންގެ
މަޖިލީހުގެ އިދާރާގެ ޢަމީން ޢާންމު އަޙްމަދު މުޙައްމަދު އާއި އިދާރާގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ