ވިޔަފާރި

ކޯވިޑް ކޭސްތަށް އިތުރުވެ، ކޫއްޑޫން އައިސް ވިއްކުމާއި މަސް ގަތުން ހުއްޓާލައިފި


ކޯވިޑް ކޭސްތަށް އިތުރުވެ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އައިސް ވިއްކުމާއި މަސް ގަތުން ހުއްޓާލައިފިއެެވެ.

މިފްކޯގެ މަސްކާރުޙާނާއެއް ކަމަށްވާ ކޫއްޑޫ ފިޝަރީޒްއިން ބުނީ ކޫއްޑޫ އަދި ކަލެކްޓަރ ބޯޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކ÷ޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، މިއާއެކު އެ މުވައްޒަފުން އެކަހެރި ކުރަން ޖެހުމުން މަސް ގަނެ އައިސް ދޫކުރުމަށް ދަތިވެފައިވާ ކަމަށެވެ.

އަދި މިއާއެކު މަސް ކިރުވުމުގެ މަސައްކަތް ކޫއްޑޫ ބޭރު ބަނދަރުން މަހާ ކަލަމިންޖާ ބޯޓު އަދި ހުވަދޫ އަތޮޅުގައި ހަރަކާތްތެރިވާ ކަލެކްޓަރ ބޯޓު ފަހަރުތަކުން ކުރަމުންދާ ކަމަށް ކޫއްޑޫ ފިޝަރީޒްއިން ހާމަކުރެއެވެ.

ކޫއްޑޫއިން ފިޝަރީޒް ކޮމްޕްލެކްސްގެ 90 މުވައްޒަފެއްވަނީ މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 25 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު އެކްޓިވެ ކޭސްތަކުގެ އަދަދަކީ 65އެވެ.

ކޫއްޑޫއަކީ ދެކުނުގެ މަސްވެރިން މަސް ކިރުވުމަށާއި އައިސް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ އެއް ސެންޓަރެވެ. މިދިޔަ އޭޕްރީލްމަހުގެތެރޭ މިފްކޯގެ ފެލިވަރު މަސް ކާރުޙާނާއިންވެސް ގިނަ ޢަދަދެއްގެ ކޭސްތަށް ފެނި އެރަށް މޮނިޓަރިންގަށް ލިޔެއެވެ. އެގޮތުން ފެލިވަރުން 300 އަށްވުރެ ގިނަ މުވައްޒަފުން ކޯވިޑަށް ވަނީ އޭރު ޕޮޒިޓިވްވެފައެވެ.

އެހެން ނަމަވެސް މިފްކޯއިން ދިޔައީ މަސްވެރިންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ހުއްޓުމެއް ނެތި ދެމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް މިފްކޯގެ މަސް ބޯޓަށް ކިރުވޭނެ އިންތިޒާމް ހަމަޖައްސައިދީ، މަސްވެރިންނަށް ބޭނުންވާ އައިސްގެ އިތުރުން ތެޔޮލިބޭނެ އިންތިޒާމްވެސް ހަމަޖެއްސިއެވެ.