ކުޅިވަރު

ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި


އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ޖަރުމަނަށް ޔޫރޯ ފުޓްބޯޅަ ނިމުމާއެކު ކުރޫޒް ވަނީ ޖަރުމަންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އަންގާ އެކަން ޢިއުލާންވެސް ކޮށްފައެވެ. ކުރޫޒްބުނީ މިއީ މާކުރިންވެސް ނިންމާފައިވާ ނިންމުމެއްކަމަށާއި މިއީ އާއިލާއަށާއި މިހާރު ކުޅެމުންދާ ރިއަލް މެޑްރިޑަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށެވެ. 31 އަހަރުގެ ޓޯނީ ކްރޫސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު ބުނީ 106 މެޗްގައި ގައުމް ތަމްސީލް ކުރަން ލިބުމުން ވަރަށް އުފާވާކަމަށާއި ކޮންމެ މެޗެއް ވެސް ކުލެފައިވަނީ ޖަރުމަންގެ ޓީމް މޮޅުކޮށްދިނުމުގެ އަޒުމްގައިކަމަށެވެ. ޖަރުމަންގެ ގައުމީ ޓީމަށް ކުރޫޒް ވަނީ 17 ގޯލް ޖަހައިދީފައެވެ. މިއާއެކު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ޖަރުމަންގެ ގައުމީ ޓީމުން ކުރޫޒް އެއް ނުފެންނާނެއެވެ. މިފަހަރުގެ ޔޫރޯއާއި ޖަރުމަންގެ ގައުމީ ޓީމް ކުރިމަތިލީއިރު، ގިނަ ބަޔަކު ގަބޫލް ކުރީ މިފަހަރުގެ ތަށި ޖަރުމަން ޓީމަށް ލިބޭނެކަމަށެވެ. ނަމަވެސް އެޓީމް މުބާރާތުން ކެޓީ މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑާއި ވާދަކޮށް 2 ލަނޑު 0 ލަނޑުންނެވެ.

2010 ވަނަ އަހަރު ޖަރުމަންގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނު ޓޯނީ ކުރޫޒް ވަނީ 2007ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު ކުރޫޒް ބުނީ ޓީމަށް ނުކުޅުނުކަމަށް ވީނަމަވެސް، އޭނާ އަބަދުވެސް ގައުމީ ޓީމަށް ކާމިޔާބީއަށް އެދޭކަމަށާއި ގައުމީ ސީނިއަރ ޓީމުން އެންމެ ފުރަތަމަ ކުރޫޒަށް ފުރުސަތުދިން ޖޯހިމް ލޯއަށް ޝުރުކުއަދާ ކުރާކަމަށެވެ. އަދި ޖަރުމަންގެ ގައުމީ ޓީމާއި މިހާރު ހަވާލުވާން ނިންމާފައިވާ ބަޔާން މިއުނިކްގެ ކުރީގެ ކޯޗް ހަންސީ ފްލިކަށް ކާމިޔާބީއަށް އެދޭކަމަށް ވެސް ބުނެފައެވެ.