ކުޅިވަރު

އެމްބީއޭއިން ކޯޗަސް ގްރޭޑިންގ ސިސްޓަމް އެކުލަވާލަނީ


ކޯޗަސް ގްރޭޑިންގ ސިސްޓަމް އެކުލަވާލަން މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންއިން ކޯޗިން ސިންޓަމް އެކުވަލާވަލަން މަސައްކަތް ކުރަމުންދަނީ ސިސްޓަމްއެއްގެ ތެރެއިން ކޯޗުންގެ ކަންތަށްތަށް ބެލެހެއްޓުމުގެ އެންމެ ބޮޑު ބޭނުމުގައިކަމަށެވެ.

މީގެ ކުރިން ކޯޗުން ގެ ގިންތިތައް އެކުލަވާލާފައިވާ ގޮތާއި ޚިލާފަށް މިހާރު އެކުލަވާލާ ކޯޗަސް ގްރޭޑިންގ ސިސްޓަމުން ވަރަށް ބޮޑު ބަދަލްތަކެއް އަންނާނެކަމަށާއި މިފަހަރު އެކުލަވާލައި ކޯޗަސް ގްރޭޑިން ސިސްޓަމް އެކުލަވާލާނީ ބާސްކެޓްގެ މައި އީދާރާ ފިބާގެ ދަށުން ހިގާ ވޯލްޑް އެސޯސިއޭޝަން އޮފް ބާސްކެޓް ބޯލް ކޯޗަރސްގެ އޮނިގަނޑާއި އެއްގޮތަށްކަމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯއޭޝަނުން މަޢުލުމާދިނެވެ.

މީގެ ކުރިން ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން އަމަލު ކުރަމުންދާ ކޯޗިން ސިސްޓަމުގައި އަމަލް ކުރަމުންދާ 5 ގިންތިއެއް އޮވެއެވެ. އެއީ ޖޫނިއަރ ލެވެލް 1 އަދި 2އެވެ. އަދި ސިއަރ ލެވެލް 1، 2، 3، 4 އަދި 5 ހިމެނެއެވެ. ނަމަވެސް މިހާރު އަލަށް އެކުލަވާލާ ކޯޗަސް ގެރޭޑާއެކު އަމަލު ކުރާނީ 4 ކެޓަގަރީއަކަށް ކޯޗުން ބަހާލައިގެންނެވެ. އެއީ މިނި ބާސްކެޓް ލެވެވް އާއި ފީބާ ކޯޗިން ލެވެލް 1، 2 އަދި 3އެވެ. ބާސްކެޓްގައި އެންމެ މަތީ ލެވެލްއަކީ 3ކެވެ.

ބާސްކެޓްގެ މައި އީދާރާ ފިބާގެ ދަށުން ހިގާ ވޯލްޑް އެސޯސިއޭޝަން އޮފް ބާސްކެޓް ބޯލް ކޯޗަރސްގެ އޮނިގަނޑާއި އެއް ގޮތަށް އެކުލަވާލާ ކޯޗަސް ގްރޭޑިން ސިސްޓަމާއެކު ކޮންމެ ލެވްއަކުން ވެސް އިތުރު ލެވަލްއަކަށް ކޯޗުންނަށް ދެވޭނީ މިންގަނޑަށް ފެތޭ ޓެސްޓު ހެދުމާއި، އަމަލީ ގޮތުން މަސައްކަތުގެ ތެރޭގައި އުޅުމުގެ އިތުރުން ޓީމްތަކަށް ކޯޗު ކޮށްދީ ވަކިވަރަކަށް ކޯޗުކޮށްދިނުމުގެ ގަޑިވެސް ހަމަކުރަންޖެހޭނެއެވެ. އަދި މިއާ ސިސްޓަމާއެކު މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މުބާރާތްތަކުގައި ޓީމްތަކުގެ ބެންޗުގައި އިށީނދެވޭނެ ކޯޗުންގެ މިންގަނޑުތަކެއްވެސް އެކުލަވާލާފައިވާނެކަމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން މަޢުލުމާތު ދީފައިވެއެވެ.

މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުނީ މިސިސްޓަމާއެކު ދިވެހި ކޯޗުންނަށް ލިބޭ ފުރުސަތު ގިނަވާނެކަމަށާއި ވޯލްޑް އެސޯސިއޭޝަން އޮފް ބާސްކެޓް ބޯލް ކޯޗަރސްގެ އޮނިގަނޑާއި އެއްގޮތަށް ކުރިއަށް ދިއުމުން ފީބާގެ އެހީ ތެރިކަންވެސްވެސް ކުރިއަށް ވުރެއް ބޮޑަށް ލިބިގެންދާނެކަމަށާއި އާ ކޯޗުން ސިސްޓަމަށް ހިޔާލު ހޯދުމަށް ކޯޗުންނާއި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްބީއޭއިން މަޢުލުމާދިނެވެ.