ކުޅިވަރު

މުސްލިމް ކުޅުންތެރިން ކުރިމަތީގައި ހެނެކެން ފުޅި ނުބަހައްޓަން ނިންމައިފި


މުސްލިމް ކުޅުންތެރިން ކުރިމަތީގައި ހެނެކެން ފުޅި ނުބަހައްޓަން ޔޫރޯގެ އޮފިޝަލުން ނިންމައިފިއެވެ. ދާދީފަހުން ޕޯޖުޗަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ފްރެންސް ކޮންފަރެންސް އަށްގޮސް މޭޒުމަތީގައި އިން ކޯކު ފުޅިއެއް ދުރައްކާ ފެންފުޅިއެއް ބަހަށްޓާފައެވެ. އަދި ފްރާންސްގެ ފައުލް ޕޮގްބާވަނީ ހެނެކެން ބިޔަރު ފުޅިއެއް މޭޒުމަތިން ދުރަށްލާފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ ދީނީ ކަމެއްގައި ޕޮގްބާ ބިޔަރު ފުޅި ދުރަށް ޖެއްސުމުން އެއީ މައްސަލައެއް ނޫންކަމަށާ ނަމަވެސް އަމިއްލައަށް ވަކިކަމެއް ހާސިލް ކުރުމަށް މުބާރާތުގެ ސްޕޮންސަރުން ބަހައްޓާފައި ހުންނަ ފުޅިތައް ދުރައް ނުލެވޭނެކަމަށެވެ. ރޮނާލްޑޯ ކޯކް ފުޅިތައް ދުރައްލުމާއެކު ޔޫރޯގެ އޮފިޝަލުންވަނީ އެފަދަ ކަންތައްތައް ކުރާ ކުޅުންތެރިންގެ ޓީމާއިމެދު ފިޔަވަޅު އަޅާނެކަމަށާއި ކަންތައްތައް ތަކުރާރުކަމަށްވާނަމަ، އެކުޅުންތެރިންނާއި މެދުވެސް ފިޔަވަޅު އަޅާނެކަމަށެވެ. ޔޫރޫގެ އޮފިޝަލުން މިހާރުވަނީ މީގެ ފަހުން މުސްލިމް ކުޅުންތެރިންގެ ކުރިމަތީގައި ހެނެކެން ފުޅި ނުބަހައްޓަން ނިންމާފައެވެ. އަދި މިގެ ފަހުން ޓީމު ތަކުގެ މެނޭޖަރުންނާއި ކުޅުންތެރިންގެ ގާތުގައި އެހުމަށްފަހު، އެކުޅުންތެރިން ބޭނުންވާކަމަށްވާނަމަ، ހެނެކެން ފުޅި ދުރައްޖައްސާނެ ކަމަށްވެސް ޔޫރޯގެ އޮފިޝަލުންވަނީ ބުނެފައެވެ.