ކުޅިވަރު

ރެކޯޑަކާއެކު ޔޫރޯގެ 2ވަނަ ބުރުން ސްޕެއިން ޖާގަ ހޯދައިފި


ރެކޯޑެއް ގާއިމްކޮށް ޔޫރޯ ފުޓްބޯޅަ މުބާރަތުގެ 2ވަނަ ބުރުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ގުރޫފް ސްޓޭޖްގެ ފަހު މެޗްގައި ސްޕެއިންވަނީ ސްލޮވާކިއާގެ މައްޗަށް 5 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. މިއީ ފަހުގެ ތާރީހުގައި ސްޕެއިންއަށް 5 ގޯލް ޖަހައިގެން މެޗަކުން މޮޅުވި ފުރަތަމަ ފަހަރުއެވެ. 2012ވަނަ އަހަރުގެ ޔޫރޯގައި އިޓަލީ ކޮޅަށް ސްޕެއިންއިން 4 ގޯލް ޖެހި ފަހުން، މިއީ ޔޫރޯގައި އެޓީމް އިދިކޮޅު ޓީމެއްގެ ކޮޅަށް 4 ގޯލަށް ބުރެއް ގިނައިން ޖެހި ފުރަތަމަ ފަހަރުއެވެ. މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް މޮޅުވުން މަޖުބޫރު މެޗަކަށް ސްޕެއިން ނިކުތްއިރުގައި، އެޓީމް ގުރޫޕް އީގައި ޕޮލެންޑް އާއި ސްވިޑެން އާއި ވާދަކުރި މެޗު ވަނީ އެއްވަރުވެފައެވެ. މިމެޗުން މޮޅުވުން ސްޕެއިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މި ގުރޫޕްގެ އެއްވަނަ ލިބުނީ ސްވިޑެންއަށެވެ. މޮޅުވުން މަޖްބޫރު މެޗްގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗްގެ 12ވަނަ މިނެޓްގައި ސްޕެއިންއަށް ލީޑް ނެގުމަށް ލިބުނު ފުރުސަތު އެޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާވަނީ ގެއްލުވާލާފައެވެ. ވީއޭއާރް ބެލުމަށްފަހު ސްޕެއިނުގެ ކޯކޭ އަށް ކުރި ފައުލަކަށް ރެފްރީ ތިން ޕެނަލްޓީ، މޮރާޓާ ފޮނުވާލި ނަމަވެސް ސްލޮވާކިއާގެ ކީޕަރުވަނީ މާޓިން ޑުބްރާވްކާ ވަނީ މަތަކޮށްފައެވެ. ލީޑް ނެގުމަށް ސްޕެއިންއިން ދިޔައީ ފުލުފުލުގައި ސްލޮވާކިއާގެ ގޯލަށް ނުރައްކާތެރި ހަމަލާ އުފައްދަމުންނެވެ. އެގޮތުން އެޓީމުގެ ޕެޑްރީ ގޮންޒާލޭޒަށް އަދި ސަރާބިއާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗުގައި ސްޕެއިންއަށް ލީޑް ލިބުނީ މެޗްގެ 30ވަނަ މިނެޓްގައި ސްލޮވާކިއާގެ ކީޕަރު މާޓިން ޑުބްރާވްކާ އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޕެއިންއިން ވަނީ ގޯލެއް ޖަހާ ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައިމެރިކް ލަޕޯޓްއެވެ.

މެޗްގެ ފުރަތަމަ ހާފްއެކޭ އެއްގޮތަށް މެޗްގެ ދެވަނަ ހާފްގައިވެސް ސްޕެއިންއިން ދިޔައީ މޮޅަށް ކުޅެމުންނެވެ. ދެވަނަ ހާފް ފެށިގެން 10މިނެޓްގެ ތެރޭގައި އެޓީމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސަރާބިއާއެވެ. މެޗްގެ 66ވަނަ މިނެޓްގައި ފެރަން ޓޮރޭޒްވަނީ ސްޕެއިންގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި ސްޕެއިންގެ ފަސްވަނަ ލަނޑަކީ ސްލޮވާކިއާގެ ޖޫރަޖް ކުޗްކާއަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ގުރޫޕް އީގެ އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުން ހޯދި 7 ޕޮއިންޓާއެކުއެވެ. ސްޕެއިންއަށް 3 މެޗުން 5 ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ ތިންވަނަ ސްލޮވާކިއާއަށް ލިބުނީ ތިން މެޗުން 3 ޕޮއިންޓް ހޯދައިގެންނެވެ. ގުރޫޕްގެ އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު ޕޮލެންޑެވެ.
ސްޕެއިން ދެ ވަނަ ބުުރުގައި ކުޅޭނީ ކްރޮއޭޝިއާއާއެވެ.