ދުނިޔޭގެ ވިޔަފާރި

ބްރެޒިލްގެ ބާހިއާ ސްޓޭޓަށް ފޯރޑުން ބޮޑު ޢަދަދެއް ދައްކަން ޖެހިއްޖެ


ބްރެޒިލްގައި ހުންނަ ފޯޑް ކާރުޚާނާ ބަންދުކުރުމާއި ގުޅިގެން އެ ޤައުމުގެ ބާހިއާ ސްޓޭޓަށް ގާތްގަޑަކަށް 495 މިލިއަން ޑޮލަރު ފޯޑުން ދައްކަންޖެހިއްޖެ ކަމަށް ބްރެޒިލްގެ ނޫހަކުން ރިޕޯޓް ކޮށްފިއެވެ.

މި ޢަދަދަކީ ބްރެޒިލްގެ ކެމްކާރީ ޓައުންގައި 2001 ވަނަ އަހަރުން ފެށިގެން ހުޅުވާފައި ހުރި ކާރުޚާނާއަށް މިހާތަނަށް ލިބުނު ސަބްސިޑީޒް އަށް ދައްކަންޖެހުނު ޢަދަދުކަމަށްވެސް އެ ނޫހުން ރިޕޯޓްކުރެއެވެ. ނަމަވެސް މިކަމާއިބެހޭ ގޮތުން ފޯޑުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖެނުއަރީ މަހު ފޯޑުން ވަނީ ބްރެޒިލްގައި ހުންނަ އެ ކުންފުނީގެ 3 ކާރުޚާނާއެއް ބަންދުކުރުމަށް ނިންމައި ޕްރީޓެކްސްގެ ގޮތުގައި 4.1 ބިލިއަން ޑޮލަރު ޗާރޖް ކުރުމަށް ނިންމާފައެވެ. ރޮއިޓަރސް ރިޕޯރޓެއްގައި މެއި މަހު ބުނެފައިވާގޮތުގައި ފޯޑުންވަނީ 12 ބިލިއަން ޑޮލަރު ބްރެޒިލްއަށް ޚަރަދު ކޮށްފައެވެ.

ޖެނުއަރީމަހު ނިންމާފައިވާ މިނިންމުން ނިންމާފައިވަނީ ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ވިޔަފާރި ދަށްވެ ކާރުޚާނާގެ ކެޕޭސިޓީ އިތުރުނުވެ ގިނަދުވަސް ތަކެއް މަޑުކުރަން ޖެހުމުގެ ސަބަބުންކަމަށް ފޯޑުން ބުނެއެވެ. މީގެ އިތުރުން ބްރެޒިލްގެ ތިން ކާރުޚާނާ ބަންދުކުރުމަށްފަހު ދެކުނު އެމެރިކާގައި ކުންފުނީގެ އޮޕަރޭޝަންސްތައް ރީސްޓްރަކްޗަރ ކުރުމަށް ނިންމައި އާރޖެންޓީނާ އަދި އުރުގުއާއީގައި ކުންފުނީގެ ވެހިކަލްތައް ވިއްކުމަށްވެސް ފޯޑުންވަނީ ނިންމާފައެވެ.

ކާރު އުފައްދާ މަލްޓިނޭޝަނަލް ކުންފުނި, ފޯޑް މޮޓޯއިން އަންނަ އަހަރު މެދުތެރޭގައި އިންޑިއާގައި އިންވެސްޓް ކުރަން ނިންމާފައިވާ ކަންވެސް މިދިޔަ މެއި މަހު ވަނީ އިޢުލާނު ކޮށްފައެވެ. ކުންފުނީގެ 16000 މުވައްޒަފުން މިހާރުވެސް އިންޑިއާގައި މަސައްކަތްކުރާއިރު އިންވެސްޓް ކުރުމުގެ މަސައްކަތް މިހާރުވެސް ކުންފުނީގެ މުވައްޒަފުންނާއި ޙަވާލުކޮށްފައިވާ ކަމަށް ފޯޑުން ބުނެއެވެ.