ފީފާ ކުލަބު ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި މިއަދު މެކްސިކޯގެ މޮންޓެރޭއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ބޮރޫޝިޔާ ޑޯޓްމުންޑުން ހޯދައިފިއެވެ.
އެމެރިކާގެ ޖޯޖިއާގެ މާސެޑީޒް ބެންޒް ސްޓޭޑިއަމްގައި އެއްތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ބޮރޫޝިޔާ ޑޯޓްމަންޑް ކުއާޓަރ ފައިނަލުގައި ނިކުންނާނީ ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ދެކޮޅަށެވެ.
ދެ ޓީމުގެ ފާރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ސާދަ ވަނަ މިނިޓުގައި ޑޯޓްމަންޑަށް ކުޅޭ ގިނީގެ ފޯވަޑް ސޭހޫ ގިރެސީ އެވެ.
އަދި އޭގެ ދިހަ މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ދެ ލަނޑުވެސް ގިރޭސީ ޖަހާފައިވަނީ އަޑެޔޭމީ ދިން ދެ އެސިސްޓުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި މޮންޓެރޭގެ ޖާމަން ބެޓަރޭމާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް މޮންޓެރޭ އަށް ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް ކެޕްޓަން ސާޖިއޯ ރާމޯސް ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދަނޑި ކައިރިން ބޭރުވެފަ އެވެ.