ކުޅިވަރު

2 ވަނަ ބުރަށް ދިއުމުގައި ކޮރޮއޭޝިއާއަށް ހުރަސްތަކެއް


ޗެކް ރިޕަބްލިކް އަތުން އެއްވަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ 2ވަނަ ބުރަށް ދިއުމަށް ހުރަސްތަކާއި ކްރޮއޭޝިއާއަށް ކުރިމަތިލާން ޖެހިއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗް އެއވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ. މިމުބާރާތުގައި ކޮރޭޝިއާއިން އެޓީމް ކުޅުނު ފުރަތަމަ މެޗްގައިވަނީ އިންގްލެންޑްއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން ބަލިވެފައެވެ. ކޮރޭޝިއާއިން ދެ މެޗް ކުޅެފައިވާއިރު، އެޓީމަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. ގުރޫޕް ޑީގެ އެއްވަނައިގައި އޮތީ ޗެކް ރިޕަބްލިކްއެވެ. ދެވަނައިގައި އޮތީ 3 ޕޮއިންޓު ހޯދައިގެން އިންގްލެންޑެވެ. މި ގުރޫޕްގެ އެންމެ ފުލިގައި އޮތީ ސްކޮޓްލެންޑެވެ. ސްކޮޓްލެންޑްގެ ހެމްޕްޑެން ޕާކުގައި ކުޅުނު މިމެޗްގައި ޗެކް ރިޕަބްލިކުން މެޗް ފެށިގެން ނިމެންދެން ދިޔައީ ކޮރޭޝިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ އެންމެ ފުރަތަމަ ހަމަލާވެސް އުފައްދާފައިވަނީ ޗެކް ރިޕަބްލިކުންނެވެ. މެޗްގެ ދެވަނަ މިނެޓްގައި އެޓީމްގެ ތޯމަސް ސޫޗެކަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ކުރީ ކޮޅުގައި ކޮރޭޝިއާއަށް މާ ރަގަނޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، ފުރަތަމަ ހާފްގެ މެދަކާއި ހަމައިން ކޮރޭޝިއާއިން ޗެކް ރިޕަބްލިކްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއެވެ. އެގޮތުން ޕެރިސިޗަށް ލިބުނު ބޯޅަތަށް ފާހަގަކޮށްލެވުނެވެ. މެޗްގެ ފުރަތަމަ ލަނޑުޖަހާ ލިޑް ނެގީ ޗެކް ރިޕަބްލިކުންނެވެ. މިލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕެޓްރިކް ޝިކްއެވެ. މިލަނޑަށްފަހު ވަރަށް ބޮޑަށް ކޮރޭޝިއާ ޕްރެޝަރަށް ވެއްޓިގެންދިޔަތަން ފެނިގެންދިޔައެވެ. އަދި އެޓީމްގެ ފަރާތުން ގިނަ ފައުލްތަކެއްވެސް ފެނިގެންދިޔައެވެ. ޗެކް ރިޕަބްލިކްގެ ލަނޑަށް ފަހު ކޮރޭޝީއާއަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ ރެބިޗަށެވެ. މެޗްގެ ދެވަނަ ހާފްގައި ކޮރޭޝިއާގެ ޕެރިސިޗް ވަނީ ލަނޑެއްޖަހާ ކޮރޭޝިއާއަށް އުއްމީދު އާކޮށްދީފައެވެ. މިލަނޑަށްފަހު ދެ ޓީމުގެ ފަރާތުން ވެސް އިތުރު ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާތަން ފެނިގެންދިޔައެވެ. ނަމަވެސް ފަހުން އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހި ވަނީ އެއްވަރުވެގެން މެޗް ނިމިފައެވެ.