ސިޔާސީ

މަޖިލީހުގެ 2 މެމްބަރަކު ޕީޕީއެމްއަށް ސޮއި ކުރައްވައިފި


ރައްޔިތުން މަޖްލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު މުހައްމަދު މުބީން އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.މި ދެ މެމްބަރުން މިހާތަނަށް ތިއްބެވީ ޖުމްހޫރީ ޕާޓީގައެވެ.މި ދެމެމްބެރުން ޕީޕީއެމްއަށް ސޮއިކުރެއްވުމުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރުންގެ އަދަދު 46 އަށް އެރި އިރު، ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 9 ވެއްޓިފައެވެ.މި
މެމްބަރުން ޕީޕީއެމްއަށް  ސޮއިކުރެއްވުމަށް ސެޓްލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ  4 ކައުންސިލް މެމްބަރަކުވެސް ވަނީ ޕީޕީއެމްއަށް
ސޮއިކުރައްވާފައެވެ. އެ 4 ކައުންސިލަރުންނަކީ އދ ފެންފުށީ ކައުންސިލްގެ
ރައީސްއާއި އެ ކައުންސިލަށް ނިސްބަތްވެވަޑައިގެންނަވާ ހަތަރު މެމްބަރުންނެވެ.