ޚަބަރު

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ކަމަށް އަލީ ޚާލިދު


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓް"ގެ ނަމުގައި ޑިޕާޓްމަންޓެއް އުފައްދަވައި، އެ ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުން ޗީފް ކޮމިޔުނިކޭޝަންސް އޮފިސަރުގެ މަޤާމަށް މާފަންނު ފިނިފަރު ޢަލީ ޚާލިދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ.މި ޑިޕާޓްމަންޓަކީ ސަރުކާރުން ހިންގަވަމުން ގެންދަވާ މުހިންމު ކަންކަމާއި، މައުލޫމާތު ޙިއްޞާކުރުން ހަރުދަނާ ކުރެއްވުމަށްޓަކައި އުފެއްދެވި ޑިޕާޓްމެންޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓް އުފެއްދެވުމާ ގުޅިގެން، އެއޮފީހުގެ ޕްރެސް އެންޑް ކޮމިޔުނިކޭޝަންސް ސެކްޝަނުގެ މަސައްކަތްތަކާއި، ޕަބްލިކް އެފެއާޒް ސެކްޝަނުގެ މަސައްކަތްތައް ހިނގަމުންދާނީ މި ޑިޕާޓްމަންޓުގެ ދަށުންނެވެ.