ޚަބަރު

ޕީޖީގެ މަޤާމަށް ބިސާމް އައްޔަން ކުރައްވައިފި


ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް
ރައީސުލްޖުމްހޫރިއްޔާ އާއިޝާތު ބިސާމް ޢައްޔަންކުރައްވައިފިއެވެ.



 ބިސާމްއަށް މަޤާމްގެ ފަތްކޮޅު ދެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.



 އެމަޤާމަށް ބިސާމް ޢައްޔަންކުރެއްވުމަށް މަޖިލީހުން
ރުހުން ލިބިވަޑައިގަތީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި 66 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.



 ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އާ ބޭފުޅަކު މި
ޢައްޔަންކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި އަލްއުސްތާޛު މުހުތާޒު މުޙުސިންގެ
މައްޗަށް އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިމަހުގެ 10 ވަނަ ދުވަހު
ފާސްކުރެއްވައި އެ މަޤާމު ހުސްވުމުންނެވެ.



 އަލްއުސްތާޛާ ޢާއިޝަތު ބިސާމްއަކީ ރައީސް މުޙައްމަދު
ވަޙީދުގެ ސަރުކާރުގައި ބަންޑާރަނާއިބުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.



އެކަމަނާ މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ
ލީގަލް އެފެއާރޒް ސެކްރެޓަރީގެ މަޤާމުގައެވެ.