ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 224 މީހުން

ރާއްޖެއިން އިތުރު 224މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިވަނީ 78،000އިން މައްޗަށް އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ސަފާސްހޮސާބަށް ބަލާއިރު ހޯމަ ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް އަލަށް ޕޮޒިޓިވްވި 224 މީހުގެ ތެރޭގަ ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 111 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 105 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހެކެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމުލަ ޢަދަދު މިވަނީ 70،897އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގހެތެރޭގައި ކޯވިޑަށް ޕޮޒިޓިވްވީ މީހުންނާއެކު މިވަގުތު ރާއްޖޭގައި ބަލިޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ 8155 އެވެ. މިދިޔަ މަހުގެ މެދުތެރޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދު އުޅުނީ 24،000އިން މަތީގައެވެ. ނަމަވެސް ޖޫން މަހު މި އަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން 79 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

އެޗްޕީއޭއިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަލަން ބަލިން ރަނގަޅުވީ 772 މީހުންނެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 62،533 އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،644 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

ބަލި ޖެހިގެން މިހާތަނަށް 198 މީހަކު ނިޔާވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 181 ދިވެހިންނާއި 17 ބިދޭސީންނެވެ.