ސްޓޭންޑާޑް އޮރިޖިންއިން، ސަޢުދީ ޢަރަބިއްޔާގެ މަލާފް ކޯލާ ރާއްޖޭގެ ބާރާޒަށް ތަޢާރަފްކޮށްފިއެވެ. 
ކަދުރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މިލާފް ކޯލާއަކީ ބާޒާރަށް ނެރުނު މިފަދަ ފުރަތަމަ ލުއި ބުއިމެވެ. 
ސްޓޭންޑާޑް އޮރިޖިންގއިން ބުނީ، ހަކުރު ނުހިމެނޭ ބުއިމެއްކަމަށްވާ މިލާފް ކޯލާއަކީ ސިއްޙަތަށް ބަލައިގެން ކެއިންބުއިން ބައްޓަންކުރާ މީހުން ބޭނުންކުރަން ވަރަށް ރަނގަޅު ޕްރޮޑަކްޓެއްކަމަށެވެ. އެގޮތުން  މިލާފް ކޯލާ ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވަނީ ހަށިގަނޑަށް ފައިދާހުރި ކަދުރު ސިރަޕްކަމަށް އެކުންފުނިން ބުނެއެވެ. ރާއްޖޭގެ ބާޒާރަށް އެކުންފުނިން މިލާފް ކޯލާ ތަޢާރަފްކޮށްފައިވާއިރު މިބުއިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. 
		
										
			މިލާފް ކޯލާއަކީ ސަޢުދި ޢަރަބިއްޔާއިން އެޤައުމުގެ ކަދުރުގެ ސިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އުފައްދާފައިވާ ސިއްޙަތަށް ފައިދާ ހުރި ބުއިމެކެވެ. އަދި މިއީ އަސްލު ކޯލާގައި ހުންނަ ރަހަ ގެނެސްދޭ ބުއިމެއްކަމަށާއި މިއީ ކަދުރު ބޭނުންކޮށްގެން ދުނިޔޭގައި ލުއި ބުއިމެއް ތައްޔާރުކޮށް ބާޒާރަށް ނެރެފައިވާ ފުރަތަމަ ފަހަރުކަމަށް މިލާފް ކޯލާ ރާއްޖެއަށް އެތެރެކޮށްފައިވާ ސްޓޭންޑާޑް އޮރިޖިންއިން ބުނެއެވެ. 
ސްޓޭންޑާޑް އޮރިޖިންއަކީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށްވެސް އެކި ބާވަތްތަކުގެ މުދާ ހޯލްސޭކޮށް އަދި ރީޓެއިލްކޮށް ވިއްކަމުންދާ ކުންފުންޏެކެވެ.