ސިޔާސީ

އަދީބާއި ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ ދައުވާކުރުމަށް ޕީޖީއަށް


އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ތުހުމަތުގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށް ދަޢުވާކޮށް ދިނުމަށްއެދި ފުލުހުން ޕީޖީ އޮފީހަށް ހުށައަޅައިފިއެވެ.ފުލުހުން ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އެމްއެމްޕީއާރްސީން ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބައެއް ރަށްތައް ކުއްޔަށް ދިނުމަށްފަހު ލިބިފައިވާ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.މިމައްސަލައިގައި އަދީބު މައްޗަށް ދައުވާކޮށްދިނުމަށްއެދި މިއަދު ހުށައެޅިއިރު މީގެކުރިންވެސް ދެމައްސަލައެއްގެ ތުހުމަތުގައި އަދީބުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީގެ އޮފީހަށް ފޮނުވާފައިވެއެވެ.އެއީ އަދީބު ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނާ މައްސަލައަކާއި ފުލުހުންގެ ބައެއް އިސްވެރިންނަށް ރިޝްވަތު ދިން ކަމަށް ބުނާމައްސަލައެކެވެ.