ކުޅިވަރު

ޖަރުމަންގެ އެތެއް އެޓީމުގެ ސަޕޯޓަރުންގެ ހިތް ކުދިކުދި ކޮށްލައިފި


ޖަރުމަންގެ އެތެއް އެޓީމުގެ ސަޕޯޓަރުންގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. މިހާރު ފެށިގެން ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗްތަކުގެ ނަތީޖާތައް ޖަނަވާރުން މެދުވެރުކޮށް ދިމާކުރުމަކީ މިހާރު އާންމުކަމެކެވެ.

މިފަހަރުގެ ޔޫރޯގައި އެންމެ ވަރުގަދަ ގުރޫޕް އަދި ގްރޫޕް އޮފް ޑެތުގެ މަގާމް ދެވިފައިވާ ގްރޫޕް އެފްގައި ހިމެނެނީ ޖަރުމަނުގެ އިތުރުން މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ފީފާ ވާރލްޑް ކަޕް އެންމެފަހުން ކާމިޔާބުކޮށްފައިވާ ފްރާންސް އަދި ހަންގޭރީއެވ. މިގުރޫޕްގައި މާދަމާ ރޭ 12:00 ޖަހާއިރު ފްރާންސާއި ޖަރުމަނު ވާދަކުރާ މެޗުގެ ކުރިން ޖަރުމަންގެ ޒުލެއްގައި އޮތް އެތެއްކަމުގައިވާ ޔަސްހޫޑާ އެގައުމުގެ އެތައް މިލިއަން ސަޕޯޓަރުންނެއްގެ ހިތް ކުދިކުދި ކޮށްލާފައެވެ. އެގޮތުން މިއެތް ވަނީ ޖަރުމަނާއި ފްރާންސް ބައްދަލުކުރާ މެޗުން ފްރާންސް މޮޅުވާނެކަމަށް ލަފާކޮށްފައެވެ. 41އެއް އަހަރުގެ ޔަސްހޫޑާ މެޗުން ކޮލުވާނެ ޓީމެއް ލަފާކުރުމަށް ހަމްބާގްގެ ޒުލުގެ ޓްރެއިނަރުންވަނީ ސިލްވާ ކުލައިގެ ފޮށިގަނޑެއްގެ ތެރެއަށް ޖާމަނިއަރ އާއި ފްރާންސްގެ ގައުމީ ދިދަލާފައެވެ. މާދަމާ ރޭގެ މެޗްއިން މޮޅުވާނެ ޓީމެއް މޮޅުވާނެކަމަށް ނިންމާ ޔަސްހޫޑާ ވަނީ ފްރާންސްގެ ދިދަ ނަގާފައެވެ. ޖާމަނީގައި ދިރިއުޅެމުންދާ މިއެތުގެ ޓްރެއިނަރު މިހާރުވަނީ ހޫނުފެނަށް ވެއްޓިފައެވެ.

މިކަމާއި ގުޅިގެން ޔަސްހޫޑާގެ ޓްރެއިނަރު ބުނީ އަބަދުވެސް ބޭނުންވަނީ ޔަސްހޫޑާއިން ރަގަނޅު ނަތީޖާ ދިމާ ކުރަންކަމަށާއި ނަމަވެސް ޖާމަނީއަށް އުފަން މީހެއްގެ ހައިސިއްޔަތުން ބޭނުންވަނީ ޖަރުމަން ޓީމް މޮޅުވާންކަމަށެވެ. ނޫނީ މެޗުން އެއްވެސް ޓީމެއް މޮޅު ނުވެ، އެއްވަރު ވެއްޖެކަމަށްވާނަމަ، އެއްވެސް ފަރާތެއް ބަދުނާމު ނުވެ އެންމެ ހިތްހަމަޖައްސާލެވޭނެކަމަށް ވެސް ޓްރެއިނަރ މައިކަލް ބުންޏެވެ.

ޔަސްހޫޑާ އުފަންވެފައިވަނީ އިންޑިޔާގެ ޒުލެއްގައި ކަމަށްވީނަމަވެސް، 1990ވަނަ އަހަރު ހަމްބާގްއިންވަނީ ޔަސްހޫޓާ އިންޑިޔާއިން ޖަރުމަނަށް ގެނެސްފައެވެ. ޔަސްހޫޑާގެ ބަރުދަނުގައި 3.8 ޓަން ހުންނައިރު، ދުވާލެއް މައްޗަށް 150ކިލޯއަށް ވުރެއް ގިނަ ކާއެއްޗެހިކައެވެ.

މީގެ ކުރިންވެސް އެކި ޖަނަވާރުތަށް ބޭނުންކޮށްގެން ވަނީ މިފަދަ ބޮޑެތި މުބާރާތްތަކުގެ މެޗްތަކުގެ ނަތިޖާ ދިމާ ކުރުމަށް މަސައްކަތްކޮށްފައެވެ. މިގޮތުން އެންމެ މަޝްހޫރުވެފައިވަނީ ޕޯލް ދަ އޮކްޓޮޕަސްއެވެ. މިބޯވަވަނީ ވަރަށް ގިނަ މެޗުތައް ދިމާކޮށްފައެވެ.