ކުޅިވަރު

5 އަހަރު ފަހުން ނެލަދޭންޑްސްއިން ޔޫރޯ މެޗެއް ކާމިޔާބުކޮށްފި


5 އަހަރު ފަހުން ބޮޑު ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރި ނެދަލޭންޑްސްއިން، އެބުރިއައުން މޮޅަކުން ނިންމާލައިފިއެވެ.
2016ވަނަ އަހަރުގެ ޔޫރޯ އަދި ވޯލްޑް ކަޕް ފަދަ ބޮޑު ފުޓްބޯޅަ މުބާރާތެއްގައި ނެދަލޭންޑްސް އެންމެ ފަހުން ވާދަކޮށްފައިވަނީ 2014ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. 6 އަހަރު ފަހުން އެބުރިއައިސް މިރޭ ނެދަލޭންޑްސްއިން ވަނީ ޔޫކްރެއިންގެ މައްޗަށް 3 ލަނޑު 2 ލަނޑުން ކުރި ހޯދާފައެވެ.

ޔޯހަން ކްރައިފް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗްގައި ނެދަލެންޑްސްއަށް ލަނޑު ޖަހާނެއ ގިނަ ފުރުސަތުތަކެއް ލިބި، ވަނީ ބޭކާރުވެފައެވެ. ނެދަލޭންޑްސްގެ ބައެއް ބޯޅަތައް ޔޫކްރެއިންގެ ގޯލާއި ސީދާކޮށްލެވޭ ގޮތް ނުވިއިރުގައި، ގޯލްއާއި ސިދާވި ގިނަ ބޯޅަތައްވަނީ ޔޫކްރެއިންގެ ގޯލްކީޕަރު ޖިއޯޖް ބުޝްޗާން ދިފާއުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގައި ނެދަލޭންޑްސްއަށް ޔޫކްރެއިންގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނެދަލޭންޑްސްއިން ވަނީ މެޗްގެ ދަވަނަ ހާފްގައި ވަރަށް ގާތް ގާތުގައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗްގެ ފުރަތަމަ ލަނޑު 52ވަނަ މިނެޓްގައި ނެދަލޭންޑްސްއަށް ލަނޑު ޖަހައިދިނީ ކެޕްޓަން ޖިނީ ވައިނަލްޑަމްއެވެ. ނެެދަލޭންޑްސްއިން މެޗްގައި ލީޑްނެގި ފަހުންވެސް އެޓީމަށް ގޯލް ޖެހުމަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މިފުރުސަތުގެ ބޭނުން އެޓީމަކަށް ހިފޭ ގޮތެއް ނުވިއެވެ.

ނެދަލޭންޑްސްއިން ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވޭހޯސްޓްއެވެ. ވޭހޯސްޓް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބުޝްޗާން އަތުގައި ޖެހިފައެވެ. ނެދަލޭޑްސްގެ 2 ލަނޑަށްފަހު ޔޫކްރެއިން ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް ނެދަލޭންޑްސްގެ ގޯލަށް ނުރައްކާ ކުރަންފެށިއެވެ.

ނަތީޖާއެއްގެ ގޮތުން ޔޫކްރެއިންއިން 5 މިނެޓްގެ ތެރޭގައި 2 ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗްގެ 75ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އެންޑީ ޔާމޮލަންކޯއެވެ. ޔޫކްރެއިންއަށް ލިބުނު ހިލޭ ޖެހުމެއްގައި ޔޫކްރެއިންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޯމަން ޔަރެމްޗުކްއެވެ. މިމެޗްގައި ނެދަލޭންޑްސް މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗް ނިމެންދަނިކޮށް، ޑެންޒެލް ޑަމްފްރީސްއެވެ.

މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ނެދަލެންޑްސް އާއި ޔޫކްރެއިންގެ ފުރަތަމަ ކުރިމަތިލުމެވެ. ޔޫކްރެއިނާ ދެކޮޅަށް މިރޭގެ ކުރިން ނެދަލެންޑްސް ކުޅުނު އެކުވެރިކަމުގެ ދެ މެޗުން ވެސް ބަލިވެފައިނުވެއެވެ. މިއީ 2000 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުގައި އިޓަލީ އަތުން ބަލިވި ފަހުން ނެދަލެންޑްސް އިން ޔޯހަން ކްރައިފް އެރީނާގައި ކުޅުނު ޔޫރޯގެ ފުރަތަމަ މެޗެވެ.

2016ވަނަ އަހަރުގެ ޔޫރޯ އާއި 2018ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑަ ކަޕް ފުޓްބޯޅަ މުބާރާތަށް ނެދަލޭންޑްސް ކޮލިފައިވެފައެއް ނުވެއެވެ. ފުޓްބޯޅައިގައި އަޑިގަނޑަކަށް ވެއްޓުމަށްފަހު މިހާރު ބާސެލޯނާގެ ކޯޗު އަދި ކުރިން ނެދަލޭންޑްސްގެ ކޯޗް ރޮނާލްޑް ކޫމަންވަނީ ނެދަލޭންޑްސް އަލުން ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތެރެއަށް ގެނެސްފައެވެ. އަދި 2019ވަނަ އަހަރުގެ ނޭޝަންސް ލީގްގެ ފައިނަލްގައި އެޓީމު ވަނީ ވާދަކޮށްފައެވެ.