ކުޅިވަރު

ސަރުކާރުގެ މުވައްޒަފުންނާއި އެއްގޮތަށް ކުޅުންތެރިނަށް އެލަވަންސް ޖަމާވާނެ - މަހުލޫފް


ގައުމީ ޓީމްގެ ކުޅުންތެރިންނަށް، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ޖަމާވާއިރު، ކުޅުންތެރިންގެ މުސާރަ ޖަމާވާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ މިހާރު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ބަލަމުންދާތީ، ރައީސް އޮފީހުން ވަނީ މިނިސްޓަރ އަހުމަދު މަހުލޫފް މަސައްކަތުން އެކަހެރިކޮށްފައެވެ. މިނިސްޓަރ މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭންޖެހޭ އެލަވަންސްތަކަށް މިހާރު ހައްލެއް ހޯދާފައިވާކަމަށެވެ. މީގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންވަނީ އެކުޅުންތެރިންނަށް ދޭންޖެހޭ އެލަވަންސް ނުލިބިގެން ވަރަށް ގިނަ ފަހަރު ޝަކުވާކޮށްފައެވެ. މަހުލޫފްގެ ޓުވީޓުގައިވެސް ވިދާޅުވެފައިވަނީ ކުޅުންތެރިންގެ އެލަވަންސް މަހުން މަހަށް ނުލިބި 6 މަސް ލަސްވެފައި އެބަހުރިކަމަށެވެ. އަދި މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ކުޅުންތެރިންނަށް ވެސް، ސަރުކާރުގެ މުވައްޒަފުންނެކޭ އެއްގޮތަށް ކުޅުންތެރިންގެ އެލަވަންސްވެސް ޖަމާވަމުންދާނެކަމަށެވެ. މީގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދީފައިވަނީ ގިންތިތަކަކަށް ބަހާލައިގެންނެވެ. ނަމަވެސް މިސަރުކާރުން ވަނީ ގައުމީ ހުރިހާ ކުޅުންތެރިންނަށް ދޭ އެލަވަންސެއް އެއްހަމައެއްގައި ދިނުމަށް ނިންމާފައެވެ. އަދި ގައުމީ ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް 5000 ރުފިޔާ މިހާރު ދިނުމަށް ނިންމާފައިވެއެވެ.

ގައުމީ ޓީމުތަކުގެ 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.