ސިޔާސީ

ޕީޖީގެ މަޤާމަށް ބިސާމް އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުންދީފި


ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި އައިޝަތު ބިސާމަށް ރުހުން ދެއްވުމަށް މަޖިލީހުން ފާސްކުރައްވައިފިއެވެ.ބިސާމް އަށް ރުހުން ދެއްވުމަށް ފާސްކުރެއްވީ މަޖިލީހުގެ 66 މެންބަރުންގެ އިއްތިފާގުންނެވެ.ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް ބިސާމްގެ ނަންފުޅު ރައީސް މަޖިލީހަށް ފޮނުއްވެވީ، އެމަޤާމުގައި ކުރިން ހުންނެވި މުހްތާޒް މުހްސިން ޕީޖީގެ މަޤާމުން މިމަހުގެ ދިހަވަނަދުވަހު ވަކިކުރެއްވުމާއި ގުޅިގެނެވެ.ޕީޖީގެ މަޤާމަށް އައްޔަންކުރަން ފޮނުއްވާފައިވާ ބިސާމް އަކީ ރައީސް ޑރ މުހައްމަދު ވަހީދްގެ ވެރިކަމުގައި ބަންޑާރަ ނައިބްކަންވެސް ކުރައްވާފައިވާ ބޭކަނބަލެކެވެ.  އައިޝަތު ބިސާމް މިވަގުތު ހުންނެވީ ރައީސް އޮފީހުގެ ލީގަލް އެފެއަރޒް ސެކްރެޓަރީގެ މަގާމްގައެވެ.