ޚަބަރު

ކޯވިޑް ޖެހިގެން 25 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ


ކޯވިޑް19 އަށް ފަރުވާދެމުންދިޔަ ޢުމުރުން 25 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ އުމުރުން 25 އަހަރުގެ ޒުވާނާ ނިޔާވީ މިއަދު މިއަދު މެންދުރު 12:43 ހާއިރުކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 195 ވަނަ މީހާއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި އަންހެން މީހާ ކޯވިޑް ޕޮޒިޓިވްވީއިރު އޭނާ އިނީ ވިހަން ކައިރިވެފައެވެ. އަދި އޭނާ ނިޔާވުމުގެ ހަފްތާއެއްހާ ދުވަސްކުރިން ހާލުބޮޑުވެގެން ވަނީ ސިޒޭރިއަން ހަދައި، ދަރިފުޅު ނަގާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ 25 އަހަރުގެ ޒުވާނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާދޭތާ 15 ދުވަސްފަހުން ކަމަށެވެ.

ކޯވިޑްގައި ރާއްޖެއިން އުމުރުން ހަގު މީހުން މަރުވާ ނިސްބަތް މަދުނަމަވެސް، އުމުރުން 10 އަހަރުގެ ކުއްޖަކާއި، އުމުރުން 28 އަހަރުގެ ޒުވާނެއްވެސް މީގެކުރިން ވަނީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވެފައެެވެ.

ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުން މަދުވިނަމަވެސް ބައްޔަށް ހުށައެޅިފައިވާ މީހުންގެ ތެރޭގައި ހައިރިސްކް މީހުން ގިނަކަމަށާއި އެހެންކަމުން ޕޮޒިޓިވްވާ ޢަދަދު މަދުވިނަމަވެސް ބަލީގައި ނިޔާވާ މީހުން އިތުރުވެދާނެކަމަށް އެޗްއީއޯސީން ވަނީ މީގެކުރިން ހާމަކުރައްވާފައެވެ.