ޚަބަރު

ކުޑަކުދިންގެ ހިޔާއަށް ދެ ފައުންޑޭޝަނަކުން އެހީ ދީފި




ކުޑަކުދިންގެ
ހިޔާގައި ތިބޭ ކުދިންނަށް ލައިފްސްކިލް ހުނަރުތައް އިތުރުކޮށްދިނުމުގެ
ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް ފައިސަލް ފައުންޑޭޝަނުނާއި އެފް.އެޗް
ފައުންޑޭޝަނުން ސްޕޮންސަރކޮށްދީފިއެވެ.



މިކަމަށްޓަކައި
ބޭއްވި ރަސްމިއްޔާތެއްގައި މިއެހީ ކުޑަކުދިންގެ ހިޔާ އާއި ހަވާލުކޮށްދެއްވީ ފައިސަލް
ފައުންޑޭޝަނުން ފައިސަލް ނަސީމް އަދި އެފް.އެޗް ފައުންޑޭޝަންގެ ފަރާތުން އަހުމަދު
ޝިޔާމްއެވެ.



މިރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން ވިދާޅުވީ ސްކިލްސް
އެންޑް އެޓިޓިއުޑް ފޯރ ލައިފް ޓްރާންސްފޮމޭޝަން ގެ ލައިފް ސްކިލް ޕްރޮގްރާމަކީ
އެހިޔާގައި ދިރިއުޅޭ 71 ކުދިންނަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށެވެ. އަދި މިއީ އެކުދިންގެ ލީޑަރ ޝިޕް ހުނަރުތައް އިތުރުކޮށް ދިރިއުޅުމަށް
ފުރިހަމައަށް ތައްޔާރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށްވެސް ޒީނާޒް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން ފައިސަލް ފައުންޑޭޝަންގެ ފަރާތުން، ފައިސަލް ނަސީމް ވިދާޅުވީ ސްކޫލްގެ
އެކަޑަމިކް ނިޒާމުގެތެެރެއަށް ލީޑަރޝިޕް ހުނަރުތައް ބޭނުންވާކަމަށާ، މިފަދަ
ޕްރޮގްރާމްތައް ހިންގުމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން
ފޯރުކޮށްދޭންޖެހޭކަމަށެވެ.

އެފް.އެޗް ފައުންޑޭޝަންގެ ފަރާތުން، އަހުމަދު ޝިޔާމް
ވިދާޅުވީ ލައިފް ސްކިލް ހުނަރު ތަކަކީ އިތުރަށް އެހުނަރުތައް ލިބެންޖެހޭ
ކަންތައްތައްކަމަށާއި، މިފަދަ ޕްރޮގްރާމްތަކުގައި ޅައުމުރުގައި ބައިވެރިވުމުގެ
ފުރުސަތު ލިބެންޖެހޭކަމަަށެވެ.



ލައިފް ސްކިލް
ޕްރޮގްރާމްގައި އެހެން މީހުންނާއި ގުޅިގެން މަސައްކަތްކުރުމާއި، މީހުންނާއި
މުޢާމަލާތްކުރުމުގައި ގެންގުޅޭ ގޮތްތައްވެސް ކިޔައިދެވިގެންދާނެކަމަށް އެފަރާތުން
މަޢުލޫމާތުދެއެވެ.