ޚަބަރު

"އަމާން ވެށި" ކޭމްޕު ރ. އަތޮޅު އިނގުރައިދޫގައި ހިންގައިފި


ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ހިންގަމުންގެންދާ “އަމާން ވެށި” ކޭމްޕު ރ. އަތޮޅު އިނގުރައިދޫގައި  ހިންގައިފިއެވެ."އަމާން ވެށި" މި ކޭމްޕްގައި ކުށުގެ ވެށިން ދުރުކުރުމަށް ބާރުއަޅައިދޭ ގިނަ މަޢުލޫމާތުތަކާއި ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.ތިން ދުވަހުގެ މުއްދަތަށް އިނގުރައިދޫ ސްކޫލުގައި ކުރިއަށްގެންދިޔަ ކޭމްޕުގައި އެ ސްކޫލުގެ ޘާނަވީ ކުލާސްތަކުގައި ތަޢުލީމު ހާސިލްކުރާ 74 ދަރިވަރަކު ބައިވެރިވެފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.މިކޭމްޕްގައި ދަރިވަރުންނަށް ހަރުދަނާ ސިފަވަންތަ ރީތި އަދަބުތަކާއެކު ދިރިއުޅުން ބައްޓަންކުރެވޭނެ ގޮތްތަކާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދިނުމާއެކު ދީނީ އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ އިތުރުން، ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުން ފަދަ ކަންކަން ދަރިވަރުންނަށް ދަސްކޮށްދިނުމުގެ ސެޝަންތަށް ނަގައިދެވިފައިވާކަން ފުލުހުން ހާމަކުރެއެވެ.މި ކޭމްޕްގައި ފުރަތަމަ އެހީއާއި ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާއި ހަނގާކުރުމުން ލިނބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ.އަދި ސައިބަރ ކްރައިމްގެ ކުށްތަކާއި އެފަދަ ކަންކަމުން ދުރުވެ ތިބުމުގައި ދަރިވަރުން ސަލާމުކަން ދޭންވީ ކަންތައްތަކުގެ އިތުރުން ރައްކާތެރިގޮތުގައި އިންޓަރނެޓްގެ ވަޞީލަތްތައް ބޭނުންކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މި ކޭމްޕުގައި މަޢުލޫމާތުދީފައިވެއެވެ.އަމާން ވެށި ކޭމްޕަކީ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ނ، ރ، ބ އަދި ޅ. އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގަމުންދާ ކޭމްޕެކެވެ.މި ކޭމްޕް އިނގުރައިދޫއާއެކު ރ.އަތޮޅު 4 ރަށެއްގައި މިއަހަރު ހިންގާފައިވެއެވެ.