ވިޔަފާރި

އުރީދޫން ސެޓްލައިޓް ފޯނެއް ތައާރަފްކޮށްފި


ކިތަންމެ އެކަހެރި ހިސާބެއްގައިވިޔަސް ނުވަތަ ކިތަންމެ މޫސުން
ގޯސްކަމަށްވިޔަސް، އެފަރާތެއްގެ އަމިއްލަ ސްމާޓް ފޯން ބޭނުންކުރައްވައިގެން ރަނގަޅު
ކަނެކްޝަނެއް ޤާއިމްކުރެވޭ ސެޓަލައިޓް ފޯނެއް އުރީދޫން ތައާރަފްކޮށްފިއެވެ.



އުރީދޫ ސެޓްލައިޓް ފޯނުގެ ޙިދުމަތް ތަޢާރަފް ކޮށްދެއްވާފަައިވަނީ މިރޭގެ
މަސްވެރިންނާއި ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާފައި، މިނިސްޓަރ އޮފް
ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑރ. މުޙައްމަދު ޝައިނީއެވެ.



އުރީދޫން ބުނީ މި އުފެއްދުންތެރި ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް
އެފަރާތެއްގެ ސްމާޓް ފޯން ސެޓަލައިޓް ފޯނެއްގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު
ލިބިގެންދާނެ ކަމަށާއި އުރީދޫ ސެޓަލައިޓް ފޯނުގެ ޙިދުމަތް ހޯއްދަވާ ފަރާތްތަކަށް ދުނިޔޭގެ އެކި ހިސާބްތަކުގައި ފޯން ކޯލް، އެސްއެމްއެސް އަދި އީމެއިލްގެ ޙިދުމަތް
ބޭނުންކުރެވޭނެ ކަމަށެވެ.



ހަމައެއާއެކު އިންޓަނެޓްގެ ޙިދުމަތް ބޭނުންކޮށް، ފޭސްބުކް، ޓްވިޓަރ،
ވަޓްސްއެޕް، ވައިބަރ ފަދަ އެޕްލިކޭޝަންތައް ވެސް ބޭނުންކުރެވޭނެ ކަމަށާއި މި
ޙިދުމަތަކީ ވަކިން ޙާއްސަގޮތެއްގައި މަސްވެރިނާއި، ކަނޑުމަތީ ގިނަ ވަތުރު
ހޭދަކުރައްވާ ބޭފުޅުންނާއި، ފަޅު ރަށްރަށުގައި ދަނޑުވެރިކަން ކުރައްވާ
ފަރާތްތަކަށް ގިނަ ފަސޭހަތެކެއް ފޯރުކޮށްދޭނެ ޙިދުމަތެއް ކަން އުރީދޫން
ފާހަގަކުރެއެވެ.



 އުރީދޫގެ ކޯޕަރޭޓް ސޯޝަލް
ރެސްޕޮންސިބިލިޓީގެ ދަށުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި
ރެޖިސްޓަރ ވެފައިވާ މަސްވެރިންގެ ތެރެއިން އުރީދޫގެ މި ބޭނުންތެރި ޙިދުމަތް
ޙިޔާރުކުރައްވާ ބޭފުޅުންނަށް، ސެޓްލައިޓް ފޯން ޑިވައިސް މުޅިން ހިލޭ ލިބޭނެ
ކަމަށްވެސް އުރީދޫން ހާމަކުރެއެވެ.



އުރީދޫ ސެޓްލައިޓް ފޯން ޑިވައިސް ގެ އެމެޖެންސީ ކޯލް
ބަޓަން މެދުވެރިކޮށް ސްމާޓް ފޯން އަކާއި ގުޅާފައި ނެތަސް، ކުރިން ސެޓް
ކުރެވިފައިވާ ނަމްބަރަކަށް އެމަޖެންސީ ހާލަތުގައި ފޯން ކުރެވޭނެއެވެ.