ޚަބަރު

އައްލާމް ލަތީފް ހޯދުމަށް އިންޓަރޕޯލް އިން ރެޑް ނޯޓިސް ނެރެފި


ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހޯދަމުންދާ މ. ސެސްނާ އައްލާމް ލަތީފް ހޯދުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.އިންޓަރޕޯލް އިން ނެރުނު ރެޑްނޯޓިސްގައި ބުނެފައިވަނީ އައްލާމް ލަތީފް ހޯދަމުން ދަނީ ބިރުދައްކާއި އިންޒާރްދިނުމާއި، މީހުންގެ މުދަލަށް ގެއްލުންދިނުމާއި، ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތީގެ ވަގު ވިޔަފާރިކުރުގެ އިތުރުން ޓެރަރިޒަމާއި ކޮރަޕްޝަންގެ ތުހުމަތުގައިކަމަށެވެ.ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން ހިންގަމުންދާ ތަޙްގީގްގައި ބ.ހިބަޅިދޫ ފަޅުތެރެއިން ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރު ސަލާމާތީ ބާރުތަކުން ހޯދާފައިވެއެވެ. މީގެ އިތުރުން މާލޭގެ ގެއަކުންވެސް ފުލުހުން ވަނީ ފިސްތޯލެއް ހޯދާފައެވެ.މި މައްސަލަތަކާއި ގުޅިގެން 8 މީހަކު ހޯދުމަށް ފުލުހުން ވަނީ އިޢުލާން ކޮށްފައެވެ. މީގެތެރެއިން މިހާތަނަށް ހައްޔަރުކުރެވިފައިވަނީ ޅ. ހިންނަވަރު ނައިލޯނުގެ އަހްމަދު އަޝްރަފް އެކަންޏެވެ.އެ މައްސަލައާއި ގުޅިގެން ހޯދަން އިއުލާންކުރި އަނެއް 7 މީހުންނަކީ މ. ސެސްނާ މުހައްމަދު އައްލާމް އަބްދުލް ލަތީފާއި، ގ.އޮއިވާލި  މުހައްމަދު ހުސެއިނާއި، ހއ.މުރައިދޫ ވައިޖެހޭގެ މުހައްމަދު ވިޝާމާއި، ހ.އައިދަ މުހައްމަދު އަސީލް މުހައްމަދާއި، މ.ލޭންޑް އޮފް ގާރޑަން އަހްމަދު އިޝްފާހް އަލީއާއި، ހ.ރަންވިލާގޭ ހުސެއިން ޝިނާނާއި، ކ.ދިއްފުށި ރަތް ބަގީޗާގޭ އަހްމަދު ފާތިހުއެވެ.