ޚަބަރު

މި ޙާލަތުން އަރައިގަތުމަށް ހުރިހާ ވަޞީލަތެއް ބޭނުންކުރާނަން، ބޭނުންވަނީ އެންމެންގެ އެއްބާރުލުން - ރައީސް


ކޯވިޑް-19އިން ސަލާމްތްވުމަށް ކުރާ މަސައްކަތަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ޚާއްޞަކުރައްވާނެކަމަށާ، ބޭނުންފުޅުވަނީ ރައްޔިތުންގެ އެއްބާރުލުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނުސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މިހާރު ރާއްޖެއިން ހޭދަކުރަމުން މިދަނީ ކޯވިޑް ފެތުރެންފށިފަހުން ރާއްޖެއަސް ކުރިމަތިވި އެންމެ ހިތްދަތި އަދި ހިތާމަވެރި ދުވަސްރުކަން ފާހަގަކުރެއްވިއެވެ. އަދި ކުޑަ ދުވަސްކޮޅަކަށް ބަލި ކޮންޓްރޯލް ކުރެވުމަށްފަހު މިދިޔަމަހުން ފެށިގެން ރާއްޖޭގައި ވަރަށް ބޮޑަށް ބަލި ފެތުރެން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހައި ބޮޑަށް ބަލި ފެތުރެން މެދުވެރިވި ގިނަ ސަބަބުތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ތެރޭގައި އޭޕްރީލް މަހުގެ ކުރީކޮޅު ދިން ލުއިތައް ހިމެނޭކަމަށެވެ.

އެގޮތުން މުޅި ރާއްޖެއަށް ދަތުރުފަތުރުުރެވޭނެ ލުއިތަކާއި މާލެ ސަރަހައްދުގައިވެސް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކުރުމަށް ދިން ލުއި ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިމަހު އެކަނިވެސް 28،600އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާތީ ރާއްޖޭގެ ސިއްޙީ ނިޒާމު މިވަގުތު އޮތް ޙާލަތު ހާމަކުރައްވަމުން ރައީސް ވިދާޅުވީ ވޭތުވެދިޔަ ދޮޅު އަހަރުގެތެރޭގައި ވަރުބަލިކަމެއް ނެތި ސިއްޙީ ޚިދުމަތްތެރިން ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށެވެ. ނަމަވެސް ފާއިތުވި 2 މަސްދުވަހު ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވުމުން ބަލިޖެހޭ މީހުންނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދިވެސް ސިއްޙީ ޚިދުމަތްތެރިން ތިއްބެވީ ހިތްވަރާއެކު މިމަސައްކަތުގައި ޤައުމީ ޚިދުމަތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބަލިން ރައްކާތެރިވުމަށް ގިނަފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ ހުރިހާ ބޭފުޅުންވެސް، އަމިއްލަ ފަރާތްކުންވެސް އެއްބާރުލުން ދެއްވައި، މި ހާލަތުން އަރައިގަތުމަށް އަތުކުރި އޮޅާލުން. މި ފިޔަވަޅުތައް ތަންފީޒްކޮށް ހިންގިއްޖެނަމަ މާ ގިނަ ދުވަހެއް ނުވެ ޢާންމު ހާލަތަށް ރުޖޫއަވުމުގެ އުއްމީދު އާވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ކޯވިޑް-19ގެ އިތުރު ވެކްސިން ޑޯޒްތައް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.