ޚަބަރު

މަސްތުވާތަކެއްޗާއިއެކު ފަރެސްމާތޮޑާއިން މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި
ސެލޯފިންކޮޅުތަކަކާއެކު މީހަކު ގދ. ފަރެސްމާތޮޑާއިން ފުލުހުން ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މީހާ ފުލުހުންގެ
ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ.ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އޭނާ
ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާ އުޅެމުންދާ
ކޮޓަރިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު
ފެނުމާއި ގުޅިގެން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.



 މި މައްސަލަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.