ޚަބަރު

ކޯވިޑް-19ގެ 10 މަރާއެކު މަރުގެ ބިރުވެރި ދުވަހެއް!


ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ 10އަކަށް އަރައފިއެވެ. މިއާއެކު މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 139އަކަށް އަރާފައެވެ. މިއަދުވެފައިވަނީ ކޯވިޑް ބަކީގައި އެންމެ ގިނަ މީހުން ނިޔާވި ދުވަހުގެ ގޮތުގައެވެ.

އެޗްޕީއޭއިން ވިދާޅުވީ މިމީހަ ނިޔާވެފައވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް އިރުއޮއްސި 07:53 ހާއިރުކަމަށެވެ. މިބަލީގައި މިއަދު ނިޔާވި 10ވަނަ މީހާއަކީ އުމުރުން 86 އަހަރުގެ އަހަރުގެ ޖަޕާނު ފިރިހެނެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެކުރިން މިބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެކެވެ. ފަހަކަށް އައިސް މިބަލީގައި ނިޔާވާ އުމުރުން 50 އަހަރުން ދަށުގެ މީހުން އިތުރުވަމުން އަންކަންވަނީ ފަހަގަވެފައެވެ. އެހެންނަމަވެސް މިހުރިހާ މީހުންނަކީވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންކަންވެސް އެޗްޕީއޭއިނ ފަހަގަކުރައްވައެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުންގެ ޢަދަދވެސް ނިޔާވާ މީހުންގެ ތެރޭގައި އިތުރުކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

ކޯވިޑްގައި މިއަދު 10 މީހުން މަރުވެފައިވާއިރު މީގެތެރެއިން 9 މީހުން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. މިބަލީގައި އިތުރު މީހަކު މިއަދު ނިޔާވެފައިވަނީ ޅ.ހިންނަވަރު ސިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަނިކޮށެވެ.