ރާއްޖެގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން މ.އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މިއެލަރޓް ނެރެފައވަނީ މިރޭ 07:30އިން ފެށިގެން މެންދަމު 12:30އާ ހަމައަށެވެ.
ރާއްޖެއަށް މިހާރުކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނަކަމަށްވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ ރަށްރަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސްވަނީ ލަފާކޮށްފައެވެ.
Alert White extended. pic.twitter.com/4J1Arir9dz
— Maldives Meteorology (@MetMaldives) May 24, 2021
މެޓު އޮފީހުން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާ ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޭޓު އޮފީހުން ލަފާކުރައްވައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމަކަށްވާތީ އުދައިގެ ސަބަބުން ގެއްލުން ލިބިދާނެފަދަ ތަކެތި ރައްކާތެރިކަމަށޓަކާ އެހެން ހިސާބުތަކަށް ގެންދިޔުމާއ މޫސުން ގޯސްވެ ފެންބޮޑުވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓު އޮފީހުންވަނީ އިލްތިމާސްކުރައްވާފައެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަވާނެކަމަށް ލަފާކޮށްފައިވާތީ ކަޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެއިދާރާއިންވަނީ އލްތިމާސްކުރައްވާފައެވެ.