ކުޅިވަރު

ޤައުމީ ވޮލީ މުބާރާތުގެ ޗެންޕިއަންކަން ޕޮލިސް ކުލަބް ހޯދައިފި


ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ
ޗެންޕިއަންކަން ޕޮލިސް ކުލަބް ހޯދައިފިއެވެ.

މިމުބާރާތުގެ ޗެންޕިއަން ކަން ޕޮލިސް ކުލަބް
ހޯދާފައިވަނީ މިރޭ ކުޅެވުނު ފައިނަލް މެޗްގައި އިހަވަންދޫ ކުލަބް ޕޯލް ސްޓާރއާއި ވާދަކޮށް ތިން ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ސެޓްތަށް
ޕޮލިސް ކުލަބް ގެންދިޔައީ 25-16، 17-25، 25-18 އަދި 25-15އިންނެވެ.

ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ
މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެންޕިއަން ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާއެވެ.

މިމުބާރާތުގެ ޑްރީމް ޓީމްގައި ހިމެނިފައިވާ 6 ކުޅުންތެރިންނަކީ ދިއްދޫ ޓީނޭޖް
ބޯއީސްގެ ސްޕޯޓްސް ކުލަބްގެ ހައްވާ ސަވާ، ޕޮލިސް ކުލަބްގެ ހަދީޖާ އިބްރާހީމް،
ސުހާނާ އަހުމަދު، އައިޝަތު ޝައްފަ، ހާއްވާ ރާޝިދާ އަދި ކުލަބް ޕޯލް ސްޓާރގެ
ފާތިމަތު ތޮހޫރާއެވެ. މިޓީމްގެ ލިބަރޯ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ޕޯލް
ސްޓާރގެ ނާޒިމާ އަބްދުލް ވަހީދުއެވެ. ޑްރީމް ޓީމްގެ އެންމެ މޮޅު ކޯޗްއަކަށް
ހޮވިފައިވަނީ ޗެންޕިއަން ޕޮލިސް ކުލަބްގެ މުހައްމަދު ނަދީމްއެވެ.

މިމުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިފަރު ޖުވެނައިލްގެ
އާމިނަތު އަރީޝާއެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް
ހޮވިފައިވަނީ ދިއްދޫ ޓީނޭޖް ބޯއީސްގެ ސްޕޯޓްސް ކުލަބްގެ ފާތިމަތު ޖޫޒާން ޒާހިރުއެވެ.



މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް
ހޮވިފައިވަނީ އިހަވަންދޫ ކުލަބް ޕޯލް ސްޓާރގެ ބިދޭސީ ކުޅުންތެރިޔާ މިސް ބުއަރ
ޖެރޮންސުރއެވެ.