ޚަބަރު

ހޮޅުދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހާ ނިޔާވެއްޖެ


މިދިޔަ އާދީއްދަ ތުވަހުގެ ރޭ ނ. ހޮޅުދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި
އުމުރުން ދުވަސްވީ ފިރިހެން މީހާ ނިޔާވެއްޖެއެވެ.



އޭނާ ނިޔާވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި
ފަރުވާދެމުންދަނިކޮށް މީގެ ބައިގަޑިއެއްހާ އިރު ކުރިން ކަމަށް އާއިލާއިން މަޢުލޫމާތުދެއެވެ.



ނިޔާވެފައިވަނީ ހޮޅުދޫގައި ކުރިން ކުޑަކަތީބުކަން ކުރައްވާފައިވާ އުމުރުން 72
އަހަރުގެ އިސްމާއިލް އަބްދުއްރަހުމާން ކަމަށް ޕީއެސްއެމްއަށް މަޢުލޫމާތި
ލިބިފައިވެއެވެ.

މިމައްސަލައާއި
ގުޅިގެން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފުލުހުންވަނީ، އެރަށުން 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ. އަދި މި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.