ކުޅިވަރު

އޭވީސީގެ ހިންގާ ކޮމެޓީގެ މެންބަރުކަން ރިޔާޒުއަށް


  އޭޝިއަން ވޮލީ ބޯލް ކޮންފަޑަރޭޝަންގެ ސެންޓްރަލް ޒޯން އަށެއްގެ ހިންގާ ކޮމިޓީގެ ބޯޑް
މެންބަރުކަމަށް ރާއްޖޭގެ ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒު ހޮވިވަޑައިގެންފިއެވެ. 

ރިޔާޒު މިމަގާމްއަަށް ހޮވިފައިވަނީ މިއަދު ކުރިއަށްދިޔަ އޭޝިއަން ވޮލީ
ބޯލް ކޮންފަޑަރޭޝަންގެ ޖެނެރަލް އެސެމްބްލީގައި މިމަގާމްއަށް ވާދަކުރި ހަތް
މެންބަރުންނާ ވާދަކޮށްގެންނެވެ. ސައުދި އަރަބިއާގެ ރިޔާދުގައި ކުރިއަށްދިޔަ އޭވީސީގެ
ކޮންގްރެސްގައި ސެންޓްރަލް ޒޯން
އަށެއްގެ ބޯޑް މެންބަރުކަމަށް ރިޔާޒުއާއެކު މިބޯޑްއަށް ހޮވިފައިވާ އިތުރު ތިން
މެބްބަރުންނަކީ އިރާންގެ ޑރ. ދަވަރްޒާނީ، އިންޑީޔާގެ ޗައުދަރީ އަވަދޭޝް ކުމާރު އަދި ކަޒަކިސްތާންގެ ޔަމެކް ސިރްލިބަޔޭވްއެވެ. ރިޔާޒު މިމަގާމްއަށް ހޮވުމާ ގުޅިގެން، މިއީ ރާއްޖޭގެ
މެންބަރަކަށް އޭވީސީގެ ބޯޑުގެ ގޮނޑިއެއް ލިބުނު ފުރަތަމަ ފަހަރުއެވެ. ރިޔާޒު
މިމަގާމްއަށް ހޮވޮފައިވަނީ 4އަހަރުގެ ދައުރަކަށެވެ.  

ވޮލީބޯޅައިގެ ރެފްރީކަން ވެސްކޮށްފައިވާ ރިޔާޒަކީ އިންޓަނޭޝަނަލް
ވޮލީބޯލް ފެޑެރޭޝަންގެ ލައިސަންސް ހޯދި ރާއްޖޭގެ ފުރަތަަމަ ރެފްރީއެވެ. މީގެ
އިތުރުން އޭނާ ވަނީ ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން 2006 ވަނަ އަހަރު ޒުވާނުންގެ ގައުމީ އިނާމްވެސް ހާސިލްކޮށްފައެވެ.

މިއަދުގެ
އިންތިހާބުގައި އޭވީސީގެ ރައީސް ސައުދި އަރަބިއާގެ ޑރ. ސަލާހު ބިން ނާސިރު ވަނީ
އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ. ޑރ. ސަލާހު އަންނަނީ 2008 ވަނަ
އަހަރުން ފެށިގެން އޭވީސީގެ ރައީސްގެ މަގާމް ފުރުއްވަމުންނެވެ.