ޚަބަރު

ހުޅުމާލެ މަގުމަތީގައި ޒަޚަމްތަކަކާއެކު ވެއްޓިފައި އޮތް ޒުވާނަކަށް ފަރުވާދެނީ


ޒަޚަމްތަކާކާއެކު ހުޅުމާލޭ މަގުމަތިން ފެނުނު ޒުވާނަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ރޭ މެންދަމު 03:00 އޭހާއިރު ހުޅުމާލެ ނިރޮޅުމަގު 6 ނަންބަރު ގޯޅީގައޮ ޒަޚަމްތަކާއެކު މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ލިބިފައިވާކަމަށެވެ.

އަދި ވެއްޓިވައި އޮއްވާ ފެނުނީ 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އޭނާ އައިޖީއެމްއެޗަށް ގެންގޮސް މިހާރުވެސް ފަރުވާ ދެމުންގެންދާކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނެތިފައިވާކަމުގެ މަޢުލޫމާތު ލިބިގައިފައިވާކަމަށެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސުން އިތުރަށް ތަޙްޤީގުރަމުންގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.