ޚަބަރު

ކޯވިޑް-19 ދިފާޢު: އިތުރު 1700 މީހުން ވެކްސިންގެ 2ވަނަ ޑޯޒް ޖަހައިފި


ރާއްޖެއިން އިތުރު 1،700އަށްވުރެ ގިނަ މިހުން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފިއެވެ. މިހާތަނަށް 140،000އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ 2ޑޯޒް ޖަހާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24ގަޑިއިރުތެރޭ 1،753މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެތެރޭގަ ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 344 މީހުންނާއި އަތޮޅުތަކުގެ ސެންޓަރުތަކުން ވެކްސިންޖެހި 1،409 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދުވަނީ 149،435އަށް އަރާފައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރުމާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ މީހުންގެ އަދަދުވަނީ މިހާރު ވަރަށް ބޮޑަށް މަދުވެފައެވެ. ވޭތުވެދިޔަ 24ގަޑިއިރު ވެކްސިންގެ ފުރަތަމަ ޑޯޒް 475 މީހުންވަނީ ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެއިން ވެކްސިންޖެހި 248 މީހުންނާއި އަތޮޅުތަކުން ވެކްސިންޖެހި 227 މީހުން ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 304،394އަށް އަރާފައެވެ.

ވެކްސިން ދިނުމުގެ ކަންކަން މާލޭގެ 3 ސެންޓަރެއްގައި ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި އަތޮޅުތަކުގެ 240 ސެންޓަރުންނާ، މާލޭގައި 4މޯބައިލް ޓީމުންވެސް ވެކްސިން ދިނުންދަނީ ކުރިއަށް ގެންދަމުންނެވެ.