ޚަބަރު

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި


އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑަމީން ހިންގުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ޑިފެންސް އެކެޑަމީ ކޯސް – 146" ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފިއެވެ.

މިއަހަރުގެ ޖޫން 28ގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީނު ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލް ތިން މާއްދާއިން ފާސްވުން (ދިވެހި، އިސްލާމް މާއްދާ ނުހިމަނައި)، 2021ވަނަ އަހަރުގެ ޖޫން 28ވަނަ ދުވަހުގެ ނިޔަލަށް މީލާދީ ގޮތުން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން އަދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި، ހަށިހެޔޮކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެންމެ ޖާގައަކަށެވެ.

2024ވަނަ އަހަރުގެ މެއި 31ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، 2021 މެއި 26ވަނަ ދުވަހުގެ 12:00 ގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގއަށް އީމެއިލް ([email protected]) ކުރެއްވުން އެމްއެންޑީއފްއިން ވަނީ އެދިފައެވެ. ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv) އިން ޑައުންލޯޑުކުރެވޭއިރު، ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ނަންބަރު 3322607 އަށް ނުވަތަ މޯބައިލް 9871235 / 7534599 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.