ކުޅިވަރު

މޮމްސްއާއެކު މަސައްކަތް ކުރުމަށް އެފްއޭމްއިން އެއްބަސްވެއްޖެ


މޮމްސް އޮފަރިން މޮމްސް ސަޕޯޓް (މޮމްސް) އާއި އެކު އެފްއޭއެމްއިން އެއްބަސްވުމެއްފައި ސޮއިކޮށްފިއެވެ.

އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރަމުންދާ މޮމްސްއާއެކު އެފްއޭއެމްއިން އެއްބަސްވެފައިވަނީ ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ ސިއްހީ ރައްކާތެރިކަމާގުޅޭ ކަންކަން ޕްރޮމޯޓް ކުރުމުގެ އިތުރުން ޖެންޑަ އީކުއަލިޓީއާއި ގުޅުންހުރި ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. އަދި މޮމްސްއިން އަންހެންނުން ބާރުވެރިކުރުވުމަށް ކުރަމުންގެންދާ މަސައްކަތުގައިވެސް އެފްއޭއެމުން އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އެފްއޭއެމްގެ ފައުންޑޭޝަނާއެކު މިވެވުނު އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެއިދާރާގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒެވެ. އަދި މޮމްސްގެ ފަރާތުން ސޮއިކުރީ މާކެޓިން ޑިރެކްޓަރ މަރްޔަމް ފަހީމާއެވެ.

އެފްއޭއެމްގެ ފައުންޑޭޝަނަކީ ފުޓްބޯޅައިގެ ތެރެއިން އިޖުތިމާއީ ކަންކަމަށް މަސައްކަތް ކުރުމުގެ މަގުސަދުގައި އުދައްދާފައިވާ ފައުންޑޭޝަނެކެވެ. އަދި މަމްސްއަކީ އަންހެނުން ބާރުވެރި ކުރުވުމާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މިޖަމިއްޔާގެ މަސައްކަތްތައް ރަސްމީކޮށް ފެށިގެންދިޔައީ 2019 ވަނައަހަރުގައެވެ. އެފްއޭއެމްގެ ފައުންޑޭޝަނުން ވަނީ މިހާރު ވަރަށް ގިނަ ޖަމިއްޔާތަކާއެކު މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. އޭގެ ތެރޭގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ހިމެނެއެވެ.