ކުޅިވަރު

ޓީމް ތައްޔާރުކުރުމަށް ގިނަ ހުރަސްތަކެއް


ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންއަށް ތައްޔާރުވުމަށް ގިނަ ހުރަސްތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފިއެވެ.

މުޅި ދުނިޔޭގައި ކޯވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން އޭއެފްސީއިންވަނީ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗްތަށް އެއް ދަނޑެއްގައި ސެންޓްރަލައިޒްކޮށް ކުޅުމަށް ނިންމާފައެވެ. އެގޮތުން ރާއްޖެ ހިމެނޭ ގުރޫޕް އޭގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ ޗައިނާގައި މިމަހުގެ 30 ހުން މިއަންނަ މަހުގެ 15އަށެވެ. ކޯވިޑް-19ގެ ހާލާތު މާލޭގައި ގޯސްވެފައިވާތީ އެކަމުން ރައްޔާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ގައުމީ ޓީމްވަނީ ހޮޓެލް ޖެންގައި ކޭންޕްކޮށްފައެވެ. އެފްއޭމްއިން ބުނީ މާލޭގައި ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަށް އެޗްޕީއޭގެ ހުއްދަ އަލި ލިބިފައިނުވާކަމަށާއި އަދި އެހެންކަމުން ހޮޓެލް ޖެންގައި ޓީމް ފިޓްކޮށް ބެހެންޓުމަށް ބައެއްކަހަލަ ކަސްރަތު ޕްރޮގްރާމްތަށް ކުރިއަށްގެންދާކަމަށެވެ. ގައުމީ ޓީމްގެ ކޯޗް ކޫޕްމަން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވާހަކަތަކަށް ބާލާއިރު، ހޮޓެލް ޖެންގައި ކުޅުންތެރިން ކޭންޕްކޮށްގެން ތިބިނަމަވެސް، ފިޓްކޮށް ތިބުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށެވެ.

ކޫޕްމަން ބުނީ ފަސް ހަފްތާ ވަންދެން ދަނޑުގައި އެއްވެސް ފަރިތުކުރުންމެއް ކުރިއަށް ނުގެންގޮސް، މުބާރާތުގެ ކުރިން ޗައިނާގައި އެންމެ 10 ދުވަހުގެ ފަރިތަކުރުންތައް ކުރިއަށްގެންދަން މިހާރު ޖެހިފައިވާކަމަށެވެ. އަދި ޓީމެއްގެ ގޮތުގައި ކުޅުންތެރިންނާއި އޮފިޝަލުން އެއްކޮށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް ގައުމީ ޓީމްގެ ކޯޗް ނެދަލެންޑްސްގެ މާޓިމް ކޫޕްމަން ފާހަގަކޮށްފައިވެއެވެ. ގައުމީ ޓީމްގެ ސްކޮޑުން ޔުނައިޓަޑް ވިކްޓްރީގެ އިސްމާޢީލް އީސާއަށް ވަނީ ކޮވިޑް-19އަށް ފައްސިވުމުގެ ސަބަބުން ޖާގަ ގެއްލިފައެވެ. އަދި އަމިއްލަ ސަބަބުތަކާއި ހުރެ މާޒިޔާގެ ހަސަން ނާއިޒާއި އިބްރާހީމް ވަޙީދު ޙަސަން ވަނީ ޓީމުން ވަކިވެފައެވެ. މިމަހުގެ 6ވަނަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް މަސައްކަތް ކުރިނަމަވެސް، ކޯވިޑް-19ގެ ސަބަބުން ޓީމުގެ ފަރިތަކުރުންތައް ފެށޭގޮތެއް ނުވިއެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ކޫޕްމަން ހަވާލުވި ފަހުން އަދި ގައުމީ ޓީމް ރަސްމީކޮށް މެޗެއް ކުޅެފައެއް ނުވެއެވެ. ކޫޕްމަންގެ ކޯޗްކަމުގެ ދަށުން މިހާގިނަ ދުވަހު މެޗެއް ނުކުޅެ ގިނަ ދުވަސްވީ ކޯވިޑް-19ގެ ސަބަބުން އެކިފަހަރު މަތިން މެޗްތައް ލަސްވުމުގެ ސަބަބުންނެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް އޭގައި ރާއްޖެ އަށް ބާކީ އޮތީ ތިން މެޗެވެ. އެއީ މިއަން މަހުގެ 3ވަނަ ދުވަހު ޗައިނާއާއި ދެކޮޅަށް ކުޅޭ މެޗާއި 7ވަނަ ދުވަހު ސީރިޔާއާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން މިއަންނަ މަހުގެ 15ވަނަ ދުވަހު ފިލިޕީންސާއި ދެކޮޅަށް ކުޅޭ މެޗެވެ.

ގުރޫޕް އޭގައި ރާއްޖެއޮތީ ހަތަރު ވަނައިގައެވެ. އެއީ 4 މެޗުން ލިބިފައިވާ 6 ޕޮއިންޓްއާއެކުގައެވެ. މި ގުރޫޕްގެ 1ވަނައިގައި އޮތީ 15 ޕޮއިންޓްއާއެކު ސީރިއާއެވެ. ޗައިނާ ތާވަލްގެ 2ވަނާގައި އޮތީ 7 ޕޮއިންޓްއާއެކުގައެވެ. ތާވަލްގެ ތިންވަނައިގައި 7 މެޗުން ފިލިޕީންސް އޮތްއިރު މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމެވެ.